ބަރަހަނާ ފިލްމު ހެދި މައްސަލާގައި ހައްޔަރުކުރި ފަހުން ރާޖް އުޅެނީ މޫނު ފޮރުވައިގެން
ބަރަހަނާ ފިލްމު ހެދި މައްސަލާގައި ހައްޔަރުކުރި ފަހުން ރާޖް އުޅެނީ މޫނު ފޮރުވައިގެން

ބަރަހަނާ ފިލްމު ހަދައި އޭގެން އާމްދަނީ ހޯދަމުން ދިޔަކަމުގެ ތުހުމަތުކުރެވިގެން ރާޖް ކުންދުރާ ހައްޔަރުކުރީ މިދިޔަ އަހަރު ޖުލައިގަ އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ބަންދުގެ މުއްދަތު އިތުރުކޮށް، ކަފާލާތުގެ ދަށުން އޭނާ މިނިވަންވީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ. އޭގެ ފަހުން ރާޖް ފެންނަނީ ވަރަށް މީީޑިއާއާ ދުރު މީހެއްގެ ގޮތުގަ އެވެ.

ބަރަހަނާ ފިލްމު ހެދި މައްސަލާގައި ހައްޔަރުކުރި ފަހުން ރާޖް އުޅެނީ މޫނު ފޮރުވައިގެން
ބަރަހަނާ ފިލްމު ހެދި މައްސަލާގައި ހައްޔަރުކުރި ފަހުން ރާޖް އުޅެނީ މޫނު ފޮރުވައިގެން

މިނިވަންވި ފަހުން ވެސް ދުވަސްތަކެއް ވަންދެން ބޭރަށް ނުނިކުމެ ހުރެފައި ރާޖް ބޭރަށް ނިކުތުމުން ވެސް އޭނާ އަށް ސަމާލުކަން ބޮޑުވީ މުޅި މޫނު އެކީ ފޮރުވޭ ގޮތަށް މާސްކެއް އަަޅައިގެން ހުންނާތީ އެވެ.

ބަރަހަނާ ފިލްމު ހެދި މައްސަލާގައި ހައްޔަރުކުރި ފަހުން ރާޖް އުޅެނީ މޫނު ފޮރުވައިގެން
ބަރަހަނާ ފިލްމު ހެދި މައްސަލާގައި ހައްޔަރުކުރި ފަހުން ރާޖް އުޅެނީ މޫނު ފޮރުވައިގެން

މިފަހުން އޭނާގެ އަނބިމީހާ އަދި ބަތަލާ ޝިލްޕާ ޝެޓީ އާއި އޭނާގެ އާއިލާގެ މެމްބަރުންނާ އެކު ބޭރަށް ދިޔައިރު ވެސް ރާޖް ހުރީ މުޅި މޫނު އެއްކޮށް ފޮރުވައިގެންނެވެ. އަނގަމައްޗާ އެކު ލޯމަތި ވެސް އެކީ ފޮރުވައިގެން، ރާޖް މިހާރު އަބަދުވެސް ބޭރަށް ނިކުންނާތީ ގިނަ ބަޔަކު އަންނަނީ އެކަމަށް ވެސް ފާޑުކިޔަމުންނެވެ.

ހަޑިހުތުރު ގޮތަކަށް އާމްދަނީ ހޯދުމަށް ފަހު ދެން ލަދުން ފިލާނެކަމެއް ނެތް ކަމަށް ބުނެެ އެތައް ބަޔަކު އޭނާ އަށް ފާޑު ކިޔާފައިވެ އެވެ.

ބެލެވޭ ގޮތުގައި މޫނު ފޮރުވައިގެން އެގޮތަށް ބޭރަށް ނިކުންނަން ފެށީ ވެސް ޕަޕަރާޒީންގެ ސުވާލުތައް އޭނާ އަށް އަމާޒުވެދާނެތީ އެވެ.

އެކަމަކު މީގެ ކުރިން ވެސް އޭނާ ވަނީ ބަރަހަނާ ފިލްމު ހަދައި އެއިން އާމްދަނީ ހޯދުމުގެ ތުހުމަތު ދޮގުކޮށްފަ އެވެ. އެއީ އެއްވެސް އަސާސެއް ނެތް ކަމެއްގެ ގޮތުގައި ރާޖް ސިފަ ކުރެ އެވެ.

ރާޖްގެ މައްސަލަ ތަހުގީގުކުރާ މުމްބާއިީ ފުލުހުންގެ ކްރައިމް ބްރާންޗުން ބުނެފައިވާ ގޮތުގައި އިންޑިއާ އާއި އިނގިރޭސިވިލާތުގައި ތިބި ޕާޓްނަރުންތަކެއްގެ ބައިވެރިވުމާ އެކު، ބަރަހަނާ ފިލްމު ހެދުމުގެ ވިޔަފާރީގައި އެންމެ އިސްކޮށް ހުރި މީހަކީ ރާޖް އެވެ. އެފަދަ ފިލްމުތައް ދައުރުކޮށްފައި ވަނީ ހޮޓްޝޮޓް އާއި ބޮލީވުޑް ފޭމް ކިޔާ މޮބައިލް އެޕްތަކެއްގައި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.