27 އެޕްރީލް 2022 - 10:11

ޔޫއެސް އޯޕަން ޗެމްޕިއަން އެމާ ރަޑުކާނޫ އޭނާގެ ފަރިތަކުރުންގަކުގައި އާ އުކުޅުތަކެއް ބޭނުންވާކަމަށް ބުނެ، މިދިޔަ ނޮވެމްބަރު މަހު އޭނާ އަށް ހަމަޖެއްސި ކޯޗު ޓޯބެން ބެލްޓްޒް ވަކިކޮށްފި އެވެ.
ބެލްޓްޒް ވަކި ކުރުމަށް ފަހު އެމާގެ ކޯޗަކަށް މެޑްރިޑް އޯޕަން ގައި މަސައްކަތް ކުރާނީ އެލްޓީއޭގެ އަންހެން ކޯޗިން ހެޑް އިއާން ބޭޓްސް އެވެ. މިއީ އެއް އަހަރު ތެރޭ އޭނާގެ ކޯޗު ބަދަލުކުރި ހަތަރުވަނަ ފަހަރެވެ.
މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށް، ރޭންކިންގެ 11 ވަނައިގައި އޮތް އިނގިރޭސިވިލާތުގެ އެމާ، 19، ވަނީ ވޭތުވެދިޔަ ފަސް މަސް ތެރޭ ކޯޗު ބެލްޓްޒް ކޮށްދިން މަސައްކަތުގެ އަގު ވަޒަން ކޮށް ޝުކުރު އަދާ ކޮށްފަ އެވެ.
ޖަރުމަންގެ ކޯޗު ބެލްޓްޒް ވަނީ މީގެ ކުރިން ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ، އެންޖެލިކް ކާބާ އަށް ވެސް ކޯޗު ކޮށްދީފަ އެވެ. އޭނާގެ ކޯޗުކަމުގައި 2016 ގައި، އޮސްޓްރޭލިއަން އޯޕަން އާއި ޔޫއެސް އޯޕަން މުބާރާތް ކޮބާ ކާމިޔާބު ކުރި އެވެ.
މިދިޔަ އަހަރު އެމާގެ ކޯޗަކަށް ހުރި ނައި ޖެލް ސެއާސްގެ ބަދަލުގައި އެންޑްރޫ ރިޗާޑްސަން ހަމަޖެއްސީ މިދިޔަ އަހަރުގެ ވިމްބަލްޑަން މުބާރާތަށް ފަހު އެވެ. ނަމަވެސް، ޔޫއެސް އޯޕަންގައި ހޯދި ކާމިޔާބީއާ އެކުވެސް ރިޗާޑްސަންގެ ކޮންޓްރެކްޓް އާކޮށްފައެއް ނުވެއެވެ.
އެމާ ވަނީ، ކްލޭ ކޯޓު ސީޒަނަށް ތައްޔާރުވާން މިއަހަރުގެ ކުރީކޮޅު އިޓަލީގެ މަޝްހޫރު ކޯޗު ރިކާޑޯ ޕިއާޓީގެ އެކަޑަމީގައި ދުވަސްކޮޅަކު ތަމްރީނު ކޮށްފަ އެވެ. އޭނާ ކްލޭގައި މިހާތަނަށް ކުޅުނު ޕްރޮފެޝަނަލް ފަސް މެޗުގެ ތެރެއިން ތިން މެޗުން ވަނީ މޮޅު ވެފަ އެވެ.