ސައިގެ އާ ލަވަ އަޑުއަހައިފިން ތަ؟
ސައިގެ އާ ލަވަ އަޑުއަހައިފިން ތަ؟

ކޮރެއަން އާޓިސްޓުންގެ ތެރެއިން އެންމެ ގިނަ ބަޔަކަށް އެނގޭ ޕީއެސްވައި ނުވަތަ ސައިގެ އާ ލަވަ "ދެޓް ދެޓް" ރިލީޒްކޮށްފި އެވެ.

"ގަންގްނަމް ސްޓައިލް" ފަދަ ލަވަތަކުން މުޅި ދުނިޔެ އަށް މަޝްހޫރުވި ސައިގެ އާ ލަވަ އަކީ އޭނާގެ އާ ސްޓޫޑިއޯ އަލްބަމް "ސައި ނައިންތު"ގެ ފުރަތަމަ ލަވަ އެވެ.

އެ ލަވައިގެ އޯޑިއޯ އާއި މިއުޒިކް ވީޑިއޯ ރިލީޒްކޮށްފައިވާއިރު، އެ ލަވައިގެ ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައި ވަނީ ބީޓީއެސްގެ ޝުގާ އެވެ. ލަވައިގެ ޕްރޮޑަކްޝަންގެ އިތުރުން އޭނާ ވަނީ ލަވައިގައި ފީޗާ ވެސް ކޮށްފަ އެވެ.

"އަސްލު އެންމެ ފުރަތަމަ ލަވައިގެ ޕްރޮޑަކްޝަންގައި އުޅުނު އިރު ލަވައިގައި ފީޗާ ކުރާނެ ކަމަށް ހީވެސް ނުކުރަން،" ޝުގާ ބުންޏެވެ.

ދެޓް ދެޓް ރިލީޒްކުރުމާ އެކު، އެ ލަވަ އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ސައި އެންމެ ފަހުން އަލްބަމެއް ނެރެފައިވަނީ މީގެ ފަސް އަހަރު ކުރިންނެވެ.