އަންހެނުންގެ ރޫހުގެ ރައީސްކަމަށް ބޮޑު ތަފާތަކުން ރޮޒެއިނާ
އަންހެނުންގެ ރޫހުގެ ރައީސްކަމަށް ބޮޑު ތަފާތަކުން ރޮޒެއިނާ

ބޮޑު ތަފާތަކާ އެކު އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އިންތިހާބުކޮށްފި އެވެ.

އަންހެނުންގެ ރޫހުގެ ރައީސްކަމަށް ބޮޑު ތަފާތަކުން ރޮޒެއިނާ
އަންހެނުންގެ ރޫހުގެ ރައީސްކަމަށް ބޮޑު ތަފާތަކުން ރޮޒެއިނާ

ޕާޓީގެ އެތެރޭގެ އިންތިހާބުގައި މިއަދު ވަނީ ޗެއާޕާސަންގެ މަގާމާއި އަންހެނުންގެ ރޫހުގެ ރައިސްކަން އަދި ޒުވާނުންގެ ހިތްވަރުގެ ރައީސް ހޮވައިފަ އެވެ.

ޗެއާޕާސަންގެ މަގާމަށް ބޮޑު ތަފާތަކާއެކު ހޮވިވަޑައިގެންނެވީ، ރޮޒެއިނާގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.

މިހާތަނަށް 200 އަށްވުރެ ގިނަ ވޯޓު ފޮށީގެ ނަތީޖާ ގުނާފައިވާއިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއާ ވާދަކުރައްވައި 58 ޕަސެންޓުން ކުރީގައި އުޅުއްވަނީ ފައްޔާޒެވެ. އޭނައަށް 28،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެވެ.

އިމްތިޔާޒު ފަހުމީއަށް 20،000 އަށްވުރެ ގިނަ ވޯޓާއެކު 42 ޕަސެންޓް ލިބިވަޑައިގަތެވެ.

އަންހެނުންގެ ރޫހުގެ ރައީސްކަމަށް ރޮޒެއިނާއާ އެކު ވާދަކުރެއްވީ ސަފާތު އަހުމަދެވެ.

އެ ވޯޓު ފޮށިތަކުން ރޮޒެއިނާއަށް 65 އަދި ސަފާތަށް 35 ޕަސެންޓް ލިބިފައިވެ އެވެ.

ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރެއްވީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ. އެ ތަނުން ކުރީގައި އުޅެނީ ރިފްގާ އެވެ.