25 މެއި 2022 - 06:40

ދެކުނު އިންޑިއާގެ ފިލްމުތަކުގައި މަޝްހޫރު، ދަނުޝް ހޮލީވުޑަށް ނުކުންނަ ފިލްމު، "ދަ ގްރޭ މެން" ގެ ޕޯސްޓަރުތައް އާންމުކޮށްފި އެވެ.
ރުސޯ ބްރަދާސް އިން ޑައިރެކްޓްކުރާ އެ ފިލްމުން ފެންނަނީ ހުސް އޭ ލިސްޓުގެ ތަރިންނެވެ. އޭގެ ތެރޭގައި ރަޔަން ގޮސްލިން އާއި ކްރިސް އީވާންސް އާއި ދަނުޝް އަދި އަނާ ޑި އާމާސް ފަދަ ތަރިން ހިމެނެ އެވެ.
"ދަ ގްރޭ މެން" އަކީ 2009 ވަނަ އަހަރު، މާކް ގްރީނީ ލިޔުނު ފޮތެއްގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ. އެ ފޮތަކީ "ބެސްޓްސެލާ" އަށް ވެސް ހޮވުނު ފޮތެކެވެ.
ޓީޒާއަކާ އެކު އެ ފިލްމު އިއުލާންކޮށްފައި ވާއިރު ފިލްމުގެ ލީޑުގައި އުޅޭ ހަތަރު ތަރިންގެ ޕޯސްޓަރުތައް ވަނީ އާންމުކޮށްފަ އެވެ.
ދަނުޝް ފެންނަނީ ކޮން ކަހަލަ ރޯލަކުން ކަމެއް ނޭނގެ އެވެ. އެކަމަކު އޭނާ ތައާރަފުކުރީ "ލީތަލް ފޯސް" ގެ ގޮތުގަ އެވެ.
ރަޔަން ތައާޔަރުކުރީ "ދަ އަންކެޗަބަލް ސީއައިއޭ އޮޕަރޭޓިވް ކޯޓް ޖެންޓްރީގެ ގޮތުގަ އެވެ. އަދި ކްރިސް އީވާންސް ފެންނަނީ "ދަ އަންސްޓޮބަލް" އެންޓަޖޮނިސްޓްގެ ރޯލުންނެވެ. އަނާ ފެންނަނީ "ދަ އަންޓްރޭސަބަލް" ޑަނީ މިރަންޑާގެ ރޯލުންނެވެ.