31 މެއި 2022 - 11:53

ސްރީ ލަންކާގައި ކުރިން ހުންނެވި ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގު، ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަން ކަނޑައަޅާ ރާއްޖޭގެ ސަފީރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު އިއްޔެ އަރުވައިފި އެވެ.
އުމަރު އެ މަގާމަށް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގަ އެވެ.
އެ މަގާމުގައި ކުރިން ހުންނެވި ހަސަން ސޯބިރު، މިނިސްޓަރުންގެ ފެންވަރުގައި ހަމަޖެއްސެވީ ޖަޕާނުގެ ސަފީރު ކަމަށެވެ.
ސޯބިރު އައްޔަން ކުރެއްވުމުގެ ކުރިން އެތަނުގައި ހުންނެވީ އިބްރާހިމް އުވެއިޒް އެވެ.
އުމަރު ރައްޒާގައި ސޯބިރުގެ މަގާމް ބަދަލުކުރަން މަޖިލީހުން ވަނީ ރުހުން ވެސް ދީފަ އެވެ.