ވޮލީގެ ބޮޑު ރެޔެއް: ބިދޭސީ ކުޅުންތެރިން ޓީމުތަކަށް ނެގުން މިރޭ
ވޮލީގެ ބޮޑު ރެޔެއް: ބިދޭސީ ކުޅުންތެރިން ޓީމުތަކަށް ނެގުން މިރޭ

ކްލަބްތަކަށް ވޮލީބޯޅަ އެސޭސިއޭޝަނުން ހަމަޖައްސައިދޭ ބިދޭސީ ކުޅުންތެރިން އެކި ޓީމުތަކަށް ބަހާލާނެ ގޮތް ކަށަވަރު ކުރުމަށް ބާއްވާ އިވެންޓް މިރޭ، ޓީވީ މޯލްޑިވްސްގައި ބާއްވާ ގޮތަށް ވީއޭއެމުން ހަމަޖައްސައިފި އެވެ.

ވޮލީގެ ބޮޑު ރެޔެއް: ބިދޭސީ ކުޅުންތެރިން ޓީމުތަކަށް ނެގުން މިރޭ
ވޮލީގެ ބޮޑު ރެޔެއް: ބިދޭސީ ކުޅުންތެރިން ޓީމުތަކަށް ނެގުން މިރޭ

ޓީމުތަކަށް ބިދޭސީ ކުޅުންތެރިން ހަމަޖައްސައި ދިނުމަށް، ވީއޭއެމުން ހަވާލުވީ ކްލަބްތަކަށް ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ގެނެސް ލޯކަލް ސީޒަން ވާދަވެރި ކުރުމުގެ ގޮތުންނެވެ. މިއީ ކުޅިވަރު އެސޯސިއޭޝަނަކުން ޓީމުތަކަށް ބިދޭސީ ކުޅުންތެރިން ހަމަޖައްސައިދޭ ފުރަތަމަ ފަހަރެވެ.

ވޮލީގެ ބޮޑު ރެޔެއް: ބިދޭސީ ކުޅުންތެރިން ޓީމުތަކަށް ނެގުން މިރޭ
ވޮލީގެ ބޮޑު ރެޔެއް: ބިދޭސީ ކުޅުންތެރިން ޓީމުތަކަށް ނެގުން މިރޭ

އިންޑިއާގެ ގައުމީ ލީގުން ފާހަގަ ކުރެވުނު 18 ކުޅުންތެރިން ހިމެނޭ ޕޫލެއް، ވީއޭއެމްގެ ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީން ވަނީ އެކުލަވާލައިފަ އެވެ. ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް ކުރިން ވިދާޅުވެފައި ވަނީ، ސެންޓްރަލް ޒޯންގެ ގައުމުތަކުގެ ތެރެއިން އިރާން ނެގުމަށް ފަހު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިން މިފަހަރު ކުޅޭނީ ރާއްޖޭގައި ކަމަށެވެ.

ވޮލީގެ ބޮޑު ރެޔެއް: ބިދޭސީ ކުޅުންތެރިން ޓީމުތަކަށް ނެގުން މިރޭ
ވޮލީގެ ބޮޑު ރެޔެއް: ބިދޭސީ ކުޅުންތެރިން ޓީމުތަކަށް ނެގުން މިރޭ

ބިދޭސީ ކުޅުންތެރިން ގެނައުމުގެ ކުރިން، ވީއޭއެމުން ވަނީ، ކްލަބްތަކުން ބިދޭސީ ކުޅުންތެރިން ގެންނަން އެންމެ ބޭނުންވާ މަގާމުތައް ދެނެގެންފަ އެވެ. ކޮންމެ ޓީމަކަށް ބިދޭސީ ތިން ކުޅުންތެރިން ދިނުމަށް ވިއޭއެމުން ވަނީ ނިންމައިފަ އެވެ.

"ޓީމުތަކުން މިހާރު ވަނީ ޕޫލްގައި ހިމެނޭ ބިދޭސީ ކުޅުންތެރިން އެނަަލައިޒްކޮށްފައި. އެ ކުޅުންތެރިން އިންޑިއާގައި ކުޅުނު މެޗުތަކުގެ ވީޑިއޯ ވެސް ވަނީ ބަލާފައި. އެހެންވެ ކޮންމެ ޓީމަކަށް ވެސް އެނގޭނެ ޕޫލްގައި ތިބި ބިދޭސީ ކުޅުންތެރިންގެ ފެންވަރު،" ރަނޭ ވިދާޅުވި އެވެ.

"އެއް ޓީމަކުން ވަކި ޕޮޒިޝަނަކަށް ބިދޭސީ ކުޅުންތެރިޔަކު ނެގީމަ އަނެއް ޓީމަކުން އޮންނާނީ ވިސްނާފައި އެޓީމާ ޓެކްލްކުރަން ދެން ތިމަންނަމެންގެ ޓީމުން ބިދޭސީ ކުޅުންތެރިން ހަމަޖައްސަން ޖެހޭނީ ކޮންމެ މަގާމަކަށްކަން. ގުރުއަތުން ޓީމުތައް ތަރުތީބު ލައްވާލާ ގޮތަކުން އެ ޓީމަކުން ބޭނުންވާ ކުޅުންތެރިޔަކު އެބޭނުންވާ ޕޮޒިޝަނަކުން ނަގަމުން ދާނީ."

"ވީއޭއެމް ސީޒަން ޑްރާފްޓް" ގެ ނަމުގައި ބާއްވާ އިވެންޓް ޝަރަފުވެރިކޮށްދެއްވާނީ ނައިބު ރައީސް ފައިސަލް ނަސީމާއި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފެވެ. މި ހަފުލާ ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ދައްކާނެ އެވެ. ވީއޭއެމުން ބުނީ އެސޯސިއޭޝަން ކަޕްގެ ގުރު ނެގުން ވެސް މިރޭ އޮންނާނެ ކަމަށެވެ.

އިންޑިއާގެ 600 ކުޅުންތެރިންގެ ތެރެއިން ނަގާފައިވާ 18 ކުޅުންތެރިންގެ ޕޫލްގައި ފެންވަރުގެ ގޮތުން އެންމެ މޮޅު ކުޅުންތެރިން ތިބޭނެކަމަށް ވީއޭއެއެމްގެ ޓެކްނިކަލް އަދި ޑިވެލޮޕްމެންޓް ކޮމިޓީގެ ޗެއާމަން މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފައިވެ އެވެ.

"އޭގައި ނުހުންނާނެ ދަށް އެންމެ ކުޅުންތެރިއެއް ވެސް. އެންމެ ފަހުން އިންޑިއާގައި އެ ނިމިގެން ދިޔަ ލީގުގައި ވެސް ފުލްކޮށް ކުޅުނު ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް މީގައި ތިބޭނެ،" އޭނާ ބުންޏެވެ.

ގައުމީ ޓީމުގެ ހެޑް ކޯޗުކަން ވެސް މީގެ ކުރިން އެކި ފަހަރުމަތިން ކުރި ސާޖިދު ބުނީ ވީއޭއެމުން ރާވާ ކޮންމެ މުބާރާތެއްގައި ވެސް ގައުމީ ޓީމަށް، އެންމެ ފައިދާ ހުރި ގޮތަށް އިންތިޒާމުތައްކުރަން ޖެހޭ ކަމަށެވެ.

އޭނާ ބުނި ގޮތުގައި މީގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިންނަށް، ފެންވަރު ރަނގަޅު ކުޅުންތެރިންނާ އެކު މެޗުތަކެއް ކުޅެލަން ލިބެނީ ބޭރުގެ ޓްރެއިނިން ކޭމްޕެއްގައި ގޮސް ކުޅޭ ޕްރެކްޓިސް މެޗުތަކެއްގަ އެވެ.

"އެކަމަކު ހަގީގަތުގައި އެއީ ކުޅުންތެރިންނަށް އެއްވެސް ޕްރެޝަރެއް ކުރިމަތިވާ މެޗުތަކެއް ނޫން. އެހެން ނަމަވެސް މި ލެވަލްގައި ކްލަބެއްގައި މި ފެންވަރުގެ ކުޅުންތެރިންނާ ދެކޮޅަށް ކުޅެން ލިބުމަކީ ޕްރެޝަރުގައި ކުޅެން ލިބުން. ކުޅުންތެރިންނަށް ޕްރެޝަރުގައި ކުޅެން ލިބުނީމަ އެކްސްޕީރިއަންސް ވެސް ލިބޭ. މޮޅު ކުޅުންތެރިންގެ ޝޮޓްތައް ބްލޮކް ކުރަން ލިބޭ. މޮޅު ކުޅުންތެރިން ކައިރީ އެޓޭކް ކުރަން ލިބޭ. މޮޅު ކުޅުންތެރިންނާ ދެކޮޅަށް ސާވިސް ކުރަން ލިބޭ. ބާރުބޯޅަ ޑިފެންސްކުރަން ވެސް ލިބޭ،" ސާޖިދު ބުންޏެވެ.

"އިންޓަނޭޝަނަލް ވޮލީގައި ޕަވާ ވޮލީ މި ކުޅެނީ. ޖަމްޕް ސާވިސް އަންނާނީ ގާތްގަނޑަކަށް 140 ކިލޯމީޓަރުގެ ބާރުމިނުގައި އެންމެ ނޯމަލްކޮށް ވެސް. އެވަރުގެ ބޯޅައެއް ރާއްޖޭގެ ކުޅުންތެރިންނަކަށް ނުލިބޭ ރިސީވްކުރާކަށް މިހާރު. އެކަމަކު މިބަދަލާ އެކު 13 ދުވަސް ޕްރެކްޓިސް ކުރަން ލިބުނަސް އެ ލެވެލްގެ ބޯޅަތައް ރިސީވްކުރަން ލިބޭނެ ދިވެހިރާއްޖޭގެ ނެޝަނަލް ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް."

އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަން މިހާރު ދަނީ ކުރިއަށެވެ. ކުރިއަށް އޮތް ތަނުގައި އަންހެން ޓީމުތަކަށް ވެސް، ބިދޭސީ ކުޅުންތެރިން ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށް ވީއޭއެމުން ބުންޏެވެ.