މަގުމަތިން ފެނުނު ދެ މުސަޅު ފުލުހުންގެ ބެލުމުގެ ދަށުގައި!
މަގުމަތިން ފެނުނު ދެ މުސަޅު ފުލުހުންގެ ބެލުމުގެ ދަށުގައި!

މަގުމަތިން ނަގައިގެން ފުލުހުންނާ ހަވާލުކުރި ދެ މުސަޅުގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ، މިދިޔަ ހުކުރު ދުވަހު ބާ ޖަމާލުއްދީން ކައިރިން ފެނިގެން އާންމުންގެ މީހަކު ފުލުހުންނާ ހަވާލުކޮށްފައިވާ ދެ މުސަޅު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށެވެ. އަދި އެ ދެ މުސަޅުގެ ވެރިފަރާތުން ގަލޮޅު ޕޮލިހަށް ހާޒިރުވެ މުސަޅުތަކާ ހަވާޅުވާން ވަނީ އެދިފަ އެވެ.

ފުލުހުންގެ ޓްވީޓާގައި އެ ދެ މުސަޅުގެ ފޮޓޯ ވެސް ވަނީ އާންމު ކޮށްފަ އެވެ. އަދި އިތުރު މައުލޫމާތު ހޯދަން 963196 އަށް ގުޅުމަށް ފުލުހުން އެދެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަފާތު އެއްޗެހީގެ ވެރިފަރާތް ހޯދަން އެ ހިދުމަތުން އާންމުކޮށް އިއުލާނު ކުރެ އެވެ.