އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިފްކޯގެ ރެކެއް
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިފްކޯގެ ރެކެއް

މިފްކޯގެ ހުރިހާ އުފެއްދުންތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ލިބޭ ގޮތަށް އެތަނުގައި ރެކެއް ބަހައްޓައިފި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިފްކޯގެ ރެކެއް
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިފްކޯގެ ރެކެއް

މި ރެކު ހުޅުވުމަށް ބޭއްވި ހަފުލާގައި، އަލަށް މިފްކޯ އިން ލޯންޗުކުރި "ޑްރެއިންޑް ޓޫނާ ޗަންކްސް" މަސްދަޅު ވެސް އެސްޓީއޯގައި ވަނީ ވިއްކަން ފަށައިފަ އެވެ. އެ މަސްދަޅަކީ ތެޔޮ މަދު، ބަދިގޭގައި ބޭނުން ކޮށްލަން ފަސޭހަ އަދި ސިއްހަތަށް ފައިދާ ހުރި ޕްރޮޑަކްޓެކެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިފްކޯގެ ރެކެއް
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިފްކޯގެ ރެކެއް

"މިފްކޯގެ ރެކެއް ހުޅުވަން އެސްޓީއޯ މި ހިޔާރު ކުރީ، މިތަނަކީ ވަރަށް ގިނަ މީހުން ވިޔަފާރި ކުރަން އަންނަ ތަނަކަށް ވާތީ. އުއްމީދަކީ މި ރެކުގެ ސަބަބުން ވިޔަފާރި ކުރިއަރައި ދިއުން،" މިފްކޯ ސޭލްސް އަދި މާކެޓިންގެ ޖެނެރަލް މެނޭޖަރު އަހްމަދު ޒާމް ވިދާޅުވި އެވެ.

އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އަހްމަދު ޝިފާން ވިދާޅުވި ގޮތުގައި އަށް ފަރާތަކުން މިހާރު ވެސް އެސްޓީއޯ އިން ޖާގަ ކުއްޔަށް ނަގައިގެން ވިޔަފާރިކުރެ އެވެ. ރެކެއް ކުއްޔަށް ނެގި ފުރަތަމަ ފަރާތަކީ މިފްކޯ އެވެ.

ބާކީ ހުރި ރެކުތައް ކުއްޔަށް ދޫކުރަން އިތުރު ވިޔަފާރިތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވިޔަފާރިތަކަށް ޖާގަ ކުއްޔަށް ދޫކުރާ އެންމެ ބޮޑު ސަބަބަކީ، އެ އެއްޗެއްގެ އަސްލު އަގުގައި ވިއްކުން. ނޫންނަމަ ޖެހޭނީ އެ ވިޔާފާރިއަކުން ތަކެތި ގަނެ، އެއަށް ފައިދާއެއް ލައިގެން ވިއްކަން" ޝިފާން ވިދާޅުވި އެވެ.