10 ޖުލައި 2022 - 06:27

އިނގިރޭސިވިލާތުގައި އަންހެނަކު އޭނާގެ ގެއަށް ފައިދިގުމަކުނެއް ވަނުމުން އެ ނެރެން ފުލުހުންނަށް ގުޅުމުން އަންހެން މީހާ ހޫނުފެނަށް ވެއްޓިއްޖެ އެވެ.
އިނގިރޭސިވިލާތުގެ ހުޅަނގު ޔޯކްޝަޔާގައި ދިރިއުޅޭ މި މީހާ ފުލުހުންނަށް ގުޅުމުން އެކަން ފުލުހުންނަށް ކަމަކު ނުދިޔަ އެވެ.
އެކަމާ ގުޅިގެން އެފަދަ ކަމެއް ނުކުރުމަށް ގޮވާލައި ފުލުހުން ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓެއް ވެސް ކޮށްފަ އެވެ. އެ ޕޯސްޓުގައި އަންހެން މީހާގެ ކޯލް އޯޑިއޯއެއް ހިމަނާފައިވެ އެވެ.
ފުލުހުން ބުނީ ފުލުހުންގެ އިމަޖެންސީ އަށް ގުޅައިގެން އެފަދަ ކަންތައްތަކަށް އެހުމަކީ ވަރަށް ނުރަނގަޅު އަމަލެއް ކަމަށެވެ. އަދި އެފަދަ އަމަލުތައް ކުރިއަށް އޮތް ތަނުގައި ހުއްޓާލުމަށް އެދިފައިވެ އެވެ.
"މިއީ ވަރަށް ރުޅިއަތުވެދާނެ ކަމެއް. އެކަމަކު ހުރިހާ އެންމެނަށް ވެސް ގުޅިއްޖެ. އިތުރު ގޮތެއް ނެތިގެން މި ގުޅީ. ގޭގައި ވަރަށް ބޮޑު މަކުނެއް އެބައިން. އެ ނެރެން އެހީ ވެވިދާނެ ތަ؟،" ފުލުހުން ޕޯސްޓުކުރި އޯޑިއޯގައި އަންހެން މީހާ ބުނެ އެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުން ވެސް ވަނީ ފުލުހުންނާ އެއްބައިވެފަ އެވެ. އަދި އެކަމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ބުނެ އަންހެން މީހާ އަށް ވަނީ ގިނަ ބަޔަކު ފާޑު ކިޔައިފަ އެވެ.