23 ޖުލައި 2022 - 07:43

މިހާރު ޕާކިސްތާނު އޮތް ސަރަހައްދަށް އުފަންވި އަންހެނަކު އިންޑިއާގައި ދިރިއުޅުމަށް ފަހު، އުމުރުން 75 އަހަރު ފަހުން އޭނާގެ ގެ އަށް އެނބުރި ހިނގައްޖެ އެވެ.

އުމުރުން 90 އަހަރުގެ ރީނާ ވަރުމާ އަކީ އިންޑިއާ އާއި ޕާކިސްތާނު ވަކިކުރުމުގެ ކުރިން އިންޑިއާ އަށް އުފަންވި މީހެކެވެ.
އިންޑިއާ ދެބަޔަކަށް ބަހައި ޕާކިސްތާނާއި އިންޑިއާ އުފެދިގެން އައި ދުވަސްވަރު ވަރަށް ގިނަ އަނިޔާތަކެއް އެތައް ބަޔަކަށް ލިބުނެވެ. އެހެންވެ، އަމިއްލަ ފުރާނައިގެ ރައްކަލަކަށްޓަކައި ވަރަށް ގިނަ ބަޔަކު އަމިއްލަ އުފަން ގެތަކާއި އަވަށްތަށް ދޫކޮށް އެ ދުވަސްވަރު އެކި ސަރަހައްދުތަކަށް ދަތުރުކުރި އެވެ.
އޭގެ ތެރެއިން އެއް އާއިލާއަކީ ރީނާ ވަރުމާގެ އާއިލާ ކަމަށް ވާއިރު، އޭނާ އުފަންވީ ޕާކިސްތާނުގެ ރަވަލްޕަޅީ އަވަށެވެ. އިންޑިއާ ބަހާލައި ޕާކިސްތާނު އުފެއްދުމުގެ ކުރިން 1947 ވަނަ އަހަރު އާއިލާ އެއްކޮށް ދިޔައީ އިންޑިއާ އަށެވެ.
އެ އަށް ފަހު، އުފަން އަވަށަށް ދިއުމުގެ ހުވަފެން ރީނާ ހުއްޓާ ނުލައި އައީ ދެކެމުންނެވެ. ނަމަވެސް އެތައް އަހަރެއް ވަންދެއް އެ ހުވަފެން ހަގީގަތަކަށް ނުވި އެވެ.
އެކަމަކު އެންމެ ފަހުން ރީނާ އޭނާގެ އުފަން ރަށަށް ދަތުރުކޮށްފި އެވެ. އެ އަވަށުން ރީނާ އަށް ކިޔާފައިވަނީ ހޫނު މަރުހަބާ އެކެވެ.
ރީނާ، އޭނާގެ ކުޑައިރުގެ ގެ އަށް ދާން ބޭނުންވާ ކަމަށް ބުނެ ދެއްކި ވާހަކައެއް ވަނީ މިދިޔަ އަހަރު ސޯޝަލް މީޑިއާގައި ވައިރަލް ވި އެވެ. އެއާއެކު އިންޑިއާ-ޕާކިސްތާން ހެރިޓޭޖް ނަމަކަށް ކިޔާ ޖަމިއްޔާ އަކުން ވަނީ ރީމާ ޕާކިސްތާނަށް ގެންގޮސްދިނުމަށް މަސައްކަތް ކޮށްފަ އެވެ.