17 އޯގަސްޓް 2022 - 10:58

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޮނީ ޑެޕް 25 އަހަރަށް ފަހު، އަމިއްލައަށް ޑައިރެކްޓުކޮށް އާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
މިއީ އޭނާގެ ކުރީ އަނބިމީހާ އެކްޓަރު އެމްބާ ހާޑާ ދެކޮޅަށް ކޯޓުގައި، އަބުރުގެ ދައުވާކޮށް ކާމިޔާބު ހޯދުމަސް ފަހު ކެރިއަރައިގެން ކުރިއަށް ދިއުމަށް އެޅި ފިޔަވަޅެއް ކަމަށް ޑެޕް ބުންޏެވެ.
އޭނާ އުފައްދާފައިވާ ފިލްމް "ދަ ބްރޭވް" އަށް ފަހު، ހަދާ "އަމީޑިއޯ މޮޑިގިލާނީ" ނަމުގައި ހަދާ މި ފިލްމަކީ އިޓަލީގެ ޕެއިންޓަރެއްގެ ވާހަކަ އެވެ.
ހޮލީވުޑް ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމުގައި ދައްކުވައިދެނީ 1916 ވަނަ އަހަރުގެ ޕެރިހުގައި އުޅުުނު ޕެއިންޓަރަކު ނާކާމިޔާބުކަމާ އެކު އެތައް ދުވަހެއް ހޭދަކުރުމަށް ފަހު އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާ ގޮތް ދައްކައިދޭ ފިލްމެކެވެ. މީހުންގެ މެދުގައި އޭނާގެ މަސައްކަތާއި ހުނަރު މަގުބޫލުކޮށްލާ ގޮތް މީގައި ދައްކާނެ އެވެ.
މި ފިލްމުގެ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ވިންޓަ ހިސާބުގަ އެވެ. ފިލުމުގެ ކާސްޓިން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ބުންޏެވެ.
ޑެޕް ކޯ-ޕްރޮޑިއުސްކުރާ މި ފިލްމުގައި އޭނާއާ އެކު އަލް ޕަޗީނޯގެ އިތުރުން ބެރީ ނަވިޑީ ހިމެނެ އެވެ.
"މޮޑިގިލާނީގެ ހަޔާތުގެ މި ވާހަކަ އަކީ ވަރަށް ވަރަށް ގަޔާވާ ވާހަކައެއް. ވަރަށް އުފާވޭ އޭނާގެ މި ވާހަކަ ސްކްރީންއަށް ގެންނަން،" ޑެޕް ބުންޏެވެ.
ޑެޕް އަށް މޮޑިގިލާނީގެ މި ރޯލް ކުޅުމަށް އަލް ވަނީ މީގެ އެތައް އަހަރެން ކުރިން ބުނެފަ އެވެ. މި ފިލްމުގައި ދައްކަނީ މުޅި މޮޑިގިލާނީގެ ހަޔާތުގެ ތެރެއިން ކުޑަ ތަންކޮޅެއް ކަމަށް ވެސް އޭނާ ބުންޏެވެ.