ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ވޯޓަކާ ހަމައަށް ދިއުމުގެ ވިސްނުމެއް ނެތް: ފައްޔާޒް
ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ވޯޓަކާ ހަމައަށް ދިއުމުގެ ވިސްނުމެއް ނެތް: ފައްޔާޒް

ވެރިކަން ހިންގުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭ ވޯޓެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން, އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ވޯޓަކާ ހަމައަށް ދިއުމުގެ ވިސްނުމެއް ނެތް: ފައްޔާޒް
ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ވޯޓަކާ ހަމައަށް ދިއުމުގެ ވިސްނުމެއް ނެތް: ފައްޔާޒް

އެމްޑީޕީ އަށް ދެ ވަނަ ދައުރެއް ކަށަވަރުވާން އޮތް މަގަކީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިއްޔެ ނިމުނު އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް އަށް ހުށަހެޅުއްވި ގަރާރަށް ބަހުސެއް ނުކުރެ އެވެ. ކޮންގްރެސް އަށް ގަރާރު ހުށަހަޅުއްވަން ދެއްވި ފުރުސަތުގައި ނަޝީދު ވިދާޅުވީ އިތުރަށް މަޝްވަރާ ކޮށްގެން ގޮތްތަކެއް ހޯދަން އެއްބަސްވެވިފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ވޯޓަކާ ހަމައަށް ދިއުމުގެ ވިސްނުމެއް ނެތް: ފައްޔާޒް
ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ވޯޓަކާ ހަމައަށް ދިއުމުގެ ވިސްނުމެއް ނެތް: ފައްޔާޒް

ކޮންގްރެސްއާ ގުޅޭ ގޮތުން ޗެއާޕާސަން ފައްޔާޒް "މިހާރު" އަށް ވިދާޅުވީ ހިޔާލު ތަފާތުވުން ބޮޑުވެފައި އޮތް ބަރުލަމާނީ ގަރާރާ މެދު ކޮންގްރެސްގެ ތެރޭގައި ހައްލެއް ހޯދުނީ މާބޮޑު ކަންތައްތަކަކަށް އެއްބަސްވެވިގެން ނޫން ކަމަށެވެ. ރައްޔިތުންގެ ނިންމާފައި އޮތް ރިޔާސީ ނިޒާމުން ބަރުލަމާނީ އަށް ބަދަލުކުރަން ޖެހޭ ނަމަ އެފަދަ ނިންމުމަކަށް ފުޅާކޮށް، މަޝްވަރާކުރަން ޖެހޭ ކަމަށް ގަބޫލު ކުރެވިގެން ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ވޯޓަކާ ހަމައަށް ދިއުމުގެ ވިސްނުމެއް ނެތް: ފައްޔާޒް
ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ވޯޓަކާ ހަމައަށް ދިއުމުގެ ވިސްނުމެއް ނެތް: ފައްޔާޒް

"އެއްބަސްވެވުނީ ވާހަކަ ދައްކަން. އެއްވެސް ފަރާތެއްގެ އެއްވެސް ޑިމާންޑެއް ނެތް. ވަރަށް ސާދާކޮށް ދިޔަ ކަމެއް. ހިޔާލުތަފާތުވުންތަކުގައި މަޝްވަރާކޮށްގެން މި ގައުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބެލުމަށް އަޅުގަނޑުމެން ނިންމީ. އެކަމުގައި ވަކި ޝެޑިއުލެއް ނެތް," ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ އަށް ގޮތެއް ނިންމަން އެއްބަސްވެފައިވާނެތޯ އެހުމުން ފައްޔާޒު ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބުގެ ކުރިއަކުން ނިޒާމާ ބެހޭ ގޮތުން ރެފަރަންޑަމަކާ ހިސާބަކަށް ދިއުމަކަށެއް އަޅުގަނޑުމެންގެ ވިސްނުމެއް ނެތް."

ފައްޔާޒު ވިދާޅުވީ މަޝްވަރާތައް ކޮންގްރެސްއާ ހަމައިން އޮތީ ފެށިފައި ކަމަށާއި ލީޑަޝިޕްގައި ހައްލުތައް ހޯދުން ދެން ކުރިއަށް ގެންދަވާނެ ކަަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ނިޒާމީ ވޯޓުގައި ވެސް ހިޔާލުތަފާތުވުންތައް ބޮޑުވެފައި އޮތް ސަބަބެއް ކަމަށް ގަބޫލު ކުރައްވަނީ މަޝްވަރާއާ ދުރުގައި އުޅެވުމެވެ. ކޮންގްރެސްގެ އެންމެ ބޮޑު ކާމިޔާބަކީ ކަންބޮޑުވުންތަކުގެ ތެރެއިން ވާހަކަ ދައްކައިގެން ޕާޓީ އާއި ގައުމަށް ހައްލު ނެރެވޭނެ ކަމަށް ލިބިވަޑައިގަތް ޔަގީންކަން ކަމަށް ވިދާޅުވި އެވެ.

ބަރުލަމާނީ ގަރާރުގެ ހޫނުގަނޑު ފިނިވެފައި އޮތަސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކުރިއަށް އޮތުމާ އެކު އަނެއްކާވެސް ޕާޓީން ފެންނާނީ ބައިބައިވުން ކަމަށް ދެކޭ ވިސްނުމާ އެއްގޮތަށް ކަންކަން ހިނގާނެ ކަމަކަށް ފައްޔާޒް ގަބޫލެއް ނުކުރައްވަ އެވެ.

އެއާއެކު އެމްޑީޕީގެ ކޮންގްރެސްގައި ފެނުނީ ޕާޓީގެ އިސް ލީޑަރު, ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަށް އޮތް ތާއީދާއި ނަޝީދުގެ ސިޔާސީ ކުރިމަގު ބަނަވުން ކަމަށް މާނަކުރެއްވުމަކީ ވެސް ރަނގަޅު ގޮތެއް ކަމަކަށް ފައްޔާޒް ދެކެވަޑައެއް ނުގަންނަވަ އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ކޮންގްރެސްގެ ނަޝީދުގެ ނިންމެވުމަކީ ނެގެޓިވްކޮށް ދެކެން ޖެހޭ ނިންމެވުމެއް ނޫނެވެ. ޕާޓީ އާއި މުޅި ގައުމު ވެސް އެކަމުގައި ދެކެން ޖެހޭނީ ޕޮޒިޓިވްކޮށް ކަމަށާއި ވަރުގަދަ ސިޔާސީ ލީޑަރުންގެ ހިޔާލުތަފާތުވުން ނައްތާލާން ވާހަކަ ދައްކަން ޖެހޭކަން ސާފު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެހެންނެއް ނުދެކެން. އެހެން އެ ބުނާ ބަޔަކީ ވަރަށް ވިސްނުމެއް ނެތި ބުނާ ބައެއް. ރައީސް ނަޝީދުގެ ސިޔާސީ ހަޔާތްޕުޅު ހަމަ އޮތީ ކުރިއަށް. އެންމެ ބޮޑު ޕާޓީގެ ރައީސް އެއީ," ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ ހަމަ އެއްކޮށް މިކުރާ މަސައްކަތް ކާމިޔާބުވެ ދެކެން ބޭނުންވާ ހިސާބަށް ދެވޭނެ ކަމަށް."

ފައްޔާޒް ވިދާޅުވީ ޕާޓީ ތެރޭގައި ހިޔާލުތަފާތުވުން ބޮޑު ނިޒާމުގެ މައްސަލައިގައި ވެސް ރަނގަޅު ވާހަކަތަކަކުން ކޮންގްރެސް ނިމިގެން ދިއުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ކޮންގްރެސްގެ ތެރޭގައި ނިޒާމުގެ މައްސަލައަށް ގޮތެއް ނިންމީމާ ޕާޓީ އެއްބައެއްގެ ކުރިމަރާލެވޭ ކަމަށާއި އެހެން ވެސް އެކުގައި އެންމެންގެ ހިޔާލަށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ވަރަށް ހިތްހަމަޖެހޭ ނަތީޖާއަކުން ކޮންގްރެސް ނިންމާލެވުނީ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވާން އޮތުމާ އެކު މިގޮތަށް ނިންމާލެވުމަކީ އަޅުގަނޑުގެ މަސައްކަތަށް ވެސް ލިބޭ ލުޔެއް," ޗެއާޕާސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންގްރެސްގައި ލިބިވަޑައިގަތް ހިތްވަރާ އެކު ޕާޓީގެ ކަންކަން ބާރަށް ކުރިއަށް ގެންދަވާނެ އެވެ.