އަލީ ސޯލިހުގެ ގައިގައި ކަޓަރު އަޅައި ޒަހަމްކޮށްލައިފި
އަލީ ސޯލިހުގެ ގައިގައި ކަޓަރު އަޅައި ޒަހަމްކޮށްލައިފި

އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހުގެ ގައިގައި މީހަކު ކަޓަރު އަޅައި ޒަހަމްކޮށްލައިފި އެވެ.

އަލީ ސޯލިހުގެ ގައިގައި ކަޓަރު އަޅައި ޒަހަމްކޮށްލައިފި
އަލީ ސޯލިހުގެ ގައިގައި ކަޓަރު އަޅައި ޒަހަމްކޮށްލައިފި

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނުކަން ވެސް ކުރައްވަމުން ގެންދަވާ އަލީ ސޯލިހުގެ ގައިގައި ކަޓަރު އެޅީ ހުޅުމާލޭގައި އޭނާ ސައިކަލުގައި ދަނިކޮށް އޭނާއާ ކައިރިވުމަށް ފަހު އެވެ. މި ހާދިސާގައި ޒަހަމްވެފައި ވަނީ އޭނާގެ އަތް އެކަންޏެވެ.

އަލީ ސޯލިހު ވިދާޅުވި ގޮތުގައި އޭނާ ސައިކަލުގައި ދަނިކޮށް އެ މީހާ ވަނީ އޭނާ ކައިރިއަށް ޖެހި، ގުރުއާނުގެ އާޔަތެއް ކިޔުމަށް ފަހު ކަރުގައި ކަޓަރު އަޅަން މަސައްކަތްކޮށްފަ އެވެ. އެކަަމަކު ކަޓަރު ނެގުމާ އެކު ސައިކަލު ދުއްވާލަން ހިފާލުމުން، ކަޓަރު އެޅިފައި ވަނީ އޭނާގެ އަތުގަ އެވެ. އަދި ގަމީހުގެ ވަކި ހިސާބެއްގައި ވެސް ކަޓަރުން އެޅުނެވެ. ކަޓަރު އެޅުމަށް ފަހު އޭނާ ފަހަތް ބަލަމުން ބަލަމުން ގޮސް ވަނީ ފިލައިގެން ގޮސްފަ އެވެ.

ފުލުހުން ބުނީ، އަލީގެ ގައިގައި ކަޓަރު އެޅި މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އަލީ ވިދާޅުވި ގޮތުގައި އެ ހަމަލާއިން ސަލާމަތްވުމަށް ސައިކަލުން ފައިބައި ދުއްވައި ގަންނަން ޖެހުނެވެ.

މާބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވި ނަމަވެސް އޭނާ އަށް މި ވަގުތު ފަރުވާދެމުން އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ.

މިއީ ކީއްވެ ހިނގި ހާދިސާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.