ފިލްމުތައް ގިނަވެ، ބްރަހްމަސްތުރާ 2 އަށް ރިތިކް ނޫނެކޭ ބުނެފި
ފިލްމުތައް ގިނަވެ، ބްރަހްމަސްތުރާ 2 އަށް ރިތިކް ނޫނެކޭ ބުނެފި

ކުރިއަށް ގިނަ ފިލްމުތަކެއް ހުރުމުގެ ސަބަބުން، ބޮލީވުޑްގެ ތަރި ރިތިކް ރޯޝަން، "ބްރަހްމަސްތުރާ 2" އަށް ނޫނެކޭ ބުނެފި އެވެ.

ޒުވާން ތަރި އާލިއާ ބަޓާއި ރަންބީރު ކަޕޫރު ލީޑު ރޯލު ކުޅެފައިވާ ފިލްމު، "ބްރަހްމަސްތުރާ" މިމަހުގެ 9 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާއިރު އެ ފިލްމުގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރިއަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިވަގުތު ވެސް ރިތިކް އަންނަނީ ދެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެއީ ކްރިޝް 4 އާއި ރަމަޔާނާ ކިޔާ ވިޝުއަލް އިފެކްޓްސްތައް ގިނަ ފިލްމެކެވެ. މިދަނޑިވަޅުގައި އެފަދަ އިތުރު ޕްރޮޖެކްޓެއް ނެގުމަކީ ވަރަށް ވަގުތު އެކަމަށް ހޭދަވާނެ ކަމަކަށްވާއިރު ރިތިކް މިވަގުތު ބޭނުންވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރާށެވެ.

"ރިތިކް ބޭނުމެއް ނުވޭ ކުރިއަށް އޮތް ހަތް އަހަރު ވެސް މި ތިން ޕްރޮޖެކްޓްގައި ހިފައިގެން އުޅޭކަށް،"

އެހެންވެ ފިލްމުގެ ޑައިރެކްޓަރު އަޔާން މުކަރުޖީ އާއި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ފަރާތުން ލިބުނު އެ އޮފާ ދޫކޮށްލީ، ރީތި ގޮތުގައި ކަމަށް ވެ އެވެ.

އެހެންވެ ފިލްމުގެ ލީޑު ރޯލަށް އެހެން ތަރިއަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރަންބީރާއި އާލިއާގެ ފިލްމު "ބަރަހްމަސްތުރާ" އަކީ 2018 ގައި ޝޫޓިން ފެށި ފިލްމެކެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ ފިލްމު ރިލީޒްކުރުން ލަސްވަމުން ގޮސް އަންނަ ހަފްތާގައި ފިލްމު އެޅުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ވިޝުއަލް އިފެކްޓްސްގެ ބުރަ މަސައްކަތްތަކެއްކޮށްފައިވާ އެ ފިލްމަކީ މިއަހަރު ނެރޭ އެންމެ އަގު ބޮޑު އެއް ފިލްމެވެ.