05 ސެޕްޓެމްބަރ 2022 - 20:53

'މޯލްޑިވްސް ހާފް މެރަތަން 2022' ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.
މި އަހަރުގެ މެރަތަންގައި 15 ކިލޯ މީޓަރާއި 10 ކިލޯ މީޓަރު އަދި ފަސް ކިލޯ މީޓަރުގެ ފަން ރަން އަކާއި އިންލައިން ސްކޭޓިން އާއި ފުރޮޅުލީގޮނޑީގެ ރޭހެއް އޮންނާނެ އެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އޮންނަ އެ މެރަތަން އަކީ ކޮވިޑްގެ ބަލިމަޑުކަށް ފަހު ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ރޭހެވެ.
"އަޅުގަނޑުމެންނަށް އެނގޭ އުފަލާއި ހިތްހަމަޖެހުމަށްޓަކައި ދުވަން އަންނަ ހާހަކަށް ވުރެ ގިނަ ދުވުންތެރިންނަށް މަރުހަބާ ކިޔަން ހުޅުމާލެ އޮތީ ތައްޔާރައްކަން،" ހާފްމެރަތަންގެ ރޭސް ޑިރެކްޓަރު ހުސައިން ޝުޖާއު ވިދާޅުވި އެވެ.
ކޮވިޑުގެ ހާލަތުން ގައުމު އަރައިގަންނަމުން އަންނަ މި ދުވަސްވަރު ބައިނަލްއަގްވާމީ ދުވުންތެރިން ރާއްޖެ އައިސް މިފަދަ ދުވުންތަކުގައި ބައިވެރިވުން ވަަރަށް ގާތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ވާން އުރީދޫން އެއްބަސްވުމުން އެ ކުންފުންޏަށް ޝުޖާއު ހާއްސަ ޝުކުރެއް އަދާކުރެއްވި އެވެ.
ދުވުމުގައި ބައިވެރިވާން ބޭނުންުވާ މީހުން މޫލީ މެދުވެރިކޮށް، ޓީޝާޓް އޯޑަރު ކުރުމުން ޑެލިވަރީ ކޮށްދޭނެ ކަމަށް އުރީދޫން ބުނެ އެވެ. އަދި ދުވެ ނިމުމުން މެޑަލް ވެސް ޑެލިވަރީ ކޮށްދޭނެ ކަމަށް ބުންޏެވެ.