07 ސެޕްޓެމްބަރ 2022 - 08:52

އުރީދޫ އިން މިހަރު ކުރިއަށް ގެންދާ އެމް-ފައިސާ ޕްރޮމޯޝަންގެ ދަށުން ވޯލްޑްކަޕުގެ ސެމީ ފައިނަލް މެޗު ބަލަން ގަތަރަށް ދިއުމުގެ ފުރުސަތުގެ އިތުރުން ކޭޝްބެކް ލިބޭ ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށް އުރީދޫއިން ބުނެފި އެވެ.
އެމް-ފައިސާގެ އޮފާ ހާއްސަކޮށްފައިވަނީ އުރީދޫގެ ކްލަބް ޕްރިމިއާ މެމްބަަރުންނަށެވެ. އެ އޮފާގެ ދަށުން ބިލަށް ފައިސާ ދެއްކުމުން ދެއްކި ފައިސާގެ 5 ޕަސެންޓާ ހަމައަށް އަނބުރާ ވޮލެޓަށް ޖަމާކުރާނެ ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫ އިން ބުނީ ވޯލްޑްކަޕަށް އެ ކުންފުނިން ކުރިއަށް ގެންދާ ވޯލްޑްކަޕް ލަކީޑްރޯ އަކީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ކުރިއަށް ގެންދާ ލަކީޑްރޯއެއް ކަމަށެވެ. އަދި އުރީދޫގެ ކޮންމެ ހިދުމަތެއް ބޭނުން ކޮށްގެން ވެސް އެ ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށާއި އެމް-ފައިސާއިން ބިލް ދެއްކުމުން ވެސް އެ ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށް ވެސް ބުންޏެވެ.
އުރީދޫއިން ބުނީ އެ ލަކީޑްރޯ ގައި ކޮންމެ ހަފުތާއަކު ހޮވޭ 10 ނަސީބުވެރި ފަރާތަކަށް ސެމްސަންގް ބަޑްސް އާއި އެޕަލް އެއާޕޮޑްސް ފަދަ އަގުހުރި އިނާމްތައް ވެސް ލިބޭނެ ކަމަށެވެ.
އެ ލަކީޑްރޯގެ ބޮޑު އިނާމެއްގެ ގޮތުން، އޯގަސްޓު މަހުން ފެށިގެން އޮކްޓޯބަރުގެ ނިޔަަލަށް އުރީދޫގެ ހިދުމަތްތައް ބޭނުންކޮށްފައިވާ ކަސްޓަމަރުންގެ ތެރެއިން ހަތަރު ނަސީބުވެރިއަކަށް ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ނަސީބުވެރި ފަރާތްތަކަށް ގަތަރު ދެކޮޅު ޓިކެޓާއި، ހުރުން އަދި ސެމީ ފައިނަލް މެޗް ބެލުމަށް ދަނޑަށް ވަންނަ ޓިކެޓް ދޭނެ އެވެ.
އެމް-ފައިސާ މެދުވެރިކޮށް، ކަރަންޓު، ފެން އަދި ގޭސް ފަދަ ޔުޓިލިޓީ ބިލުތައް ދެއްކޭނެ އެވެ.