ސިޓީ އޮޕްޓިކަލުން ހިލޭ ލޯ ޓެސްޓު ކޮށްދެނީ
ސިޓީ އޮޕްޓިކަލުން ހިލޭ ލޯ ޓެސްޓު ކޮށްދެނީ

ސިޓީ އޮޕްޓިކަލުން ހިލޭ ލޯ ޓެސްޓު ކޮށްދިނުމުގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ސިޓީ އޮޕްޓިކަލުން ބުނީ ޕްރޮމޯޝަންގެ ދަށުން ހިލޭ ލޯ ޓެސްޓުކުރުން ކުރިއަށް ދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10އިން ރޭގަނޑު 10އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކު ކުރިމަތީގައި ހުންނަ ކުލިނިކްގައި ކަމަށެވެ. މި މަހުގެ ނިޔަލަށް ޕްރޮމޯޝަން ކުރިއަށް ދާނެ އެވެ.

އެ ކުލިނިކުން ބުނި ގޮތުގައި ލޯ ޓެސްޓުކުރުމަށް ފަހު ނަމްބަރު އައިނު ހަދަން ޖެހޭ ޕޭޝަންޓުންނަށް އެ ހިދުމަތް އެ ކުލިނިކުން ހެޔޮ އަގުގައި ލިބޭނެ އެވެ.

ދެކުނު ކޮރެޔާގެ ހަތަރު ބްރޭންޑެއްގެ ކޮލިޓީ ފްރޭމް 500ރ. އަށް އަދި އިޓަލީ، އެމެރިކާ، ފްރާންސް ފަދަ ގައުމުތަމުގެ އެކި ބްރޭންޑުތައް ވެސް ހެޔޮ އަގުގައި ލިބޭނެ ކަމަށް އެ ކްލިނިކުން ބުންޏެވެ.

ސިޓީ އޮޕްޓިކަލުން ބުނި ގޮތުގައި އެ ޕްރޮމޯޝަންގައި ލޯ ޓެސްޓު ކުރުމުގެ ހިދުމަތް ދޭނީ އިންޑިއާ އާއި ނޭޕާލުގައި 10 އަހަރު ހިދުމަތް ކޮށްފައިވާ ޑޮކްޓަރު ބަހަދުރު ރުމްބާ އެވެ. އޭނާ ވަނީ ރާއްޖޭގެ ކުލިނިކެއްގައި ވެސް ސީނައާ އޮޕްޓޮމެޓްރިސްޓެއްގެ ގޮތުގައި ފަސް އަހަރު މަސައްކަތް ކޮށްފަ އެވެ.

އެ ކްލިނިކްގައި ލޮލުގެ ބަލިތަކަށް ޓެސްޓު ކޮށްދެނީ އެމެރިކާގެ ވިޝަނިކްސް ބްރޭންޑުގެ ސިސްޓަމުން ކަމަށް ސިޓީ އޮޕްޓިކަލުން ބުނެއެވެ. އަދި އެ ބްރޭންޑަކީ ލޮލުގެ މައްސަލަތައް ދެނެގަތުމަށް ބޭނުން ކުރާ ވޭވް ފްރަންޓު ޓެކްނޮލަޖީ ދުނިޔެ އަށް ތައާރަފު ކުރި ބްރޭންޑު ކަމަށް ވެސް އެ ތަނުން ބުންޏެވެ.

ސިޓީ އޮޕްޓިކަލުގެ އެ ޕްރޮމޯޝަންގައި ވަކި ގަޑިއެއްގައި ޓެސްޓު ކުރަން ދާން ބޭނުންވާ ނަމަ 7980504 އިން ވައިބާ މެދުވެރިކޮށް އެޕޮއިންޓުމެންޓު ހެދޭނެ އެވެ.