އެމީ: އެންމެ ކުރީގައި ވައިޓް ލޮޓަސް އާއި ޓެޑް ލެސޯ
އެމީ: އެންމެ ކުރީގައި ވައިޓް ލޮޓަސް އާއި ޓެޑް ލެސޯ

ޓީވީ ޝޯތަކަށް ލިބޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ޕްރައިމް ޓައިމް އެމީގައި މިފަހަރު އެންމެ ގިނަ އެވޯޑާ އެކު މަގުބޫލު ކޮމެޑީ ޝޯ، "ޓެޑް ލެސޯ" އާއި "ވައިޓް ލޮޓަސް" ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

އެމީ: އެންމެ ކުރީގައި ވައިޓް ލޮޓަސް އާއި ޓެޑް ލެސޯ
އެމީ: އެންމެ ކުރީގައި ވައިޓް ލޮޓަސް އާއި ޓެޑް ލެސޯ

މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އެމީ އެވޯޑުގެ އެންމެ ބޮޑެތި އެވޯޑުތައް މިހާރު ވަނީ ދީފަ އެވެ.

އެމީ: އެންމެ ކުރީގައި ވައިޓް ލޮޓަސް އާއި ޓެޑް ލެސޯ
އެމީ: އެންމެ ކުރީގައި ވައިޓް ލޮޓަސް އާއި ޓެޑް ލެސޯ

މިއަހަރުގެ އެމީ އެވޯޑުގައި މަޝްހޫރު ކޮމެޑީ ޝޯތައް ކަމަށްވާ ޓެޑް ލެސޯ އާއި ވައިޓް ލޮޓަސް އަށް ވަނީ ތިން އެވޯޑު ލިބިފަ އެވެ. ޓެޑް ލެސޯ އަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި އައުޓްސްޓޭންޑިން ކޮމެޑީ ޝޯ އާއި ކޮމެޑީ ޝޯގެ ލީޑް އެކްޓަރު އަދި ސަޕޯޓިން އެކްޓަރުގެ އެވޯޑު ހިމެނެ އެވެ.

ވައިޓް ލޮޓަސް އަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި އެންމެ މޮޅު އެންތޮލޮޖީ ޝޯ އާއި އެންތޮލޮޖީގެ އެންމެ މޮޅު އެކްޓަރު އަދި ސަޕޯޓިން އެކްޓަރުގެ އެވޯޑު ހިމެނެ އެވެ.

ހަފުލާގެ އެންމެ ޝަރަފުވެރި އެވޯޑު އަދި އެންމެ މޮޅު ޝޯގެ އެވޯޑު ލިބިފައިވަނީ އެޗްބީއޯގެ ޑްރާމާ "ސަކްސެޝަން" އަށެވެ. އެ ޝޯއަކީ އެމީ އެވޯޑު ހަފުލާގައި އެންމެ ގިނަ ނޯމިނޭޝަން ލިބިފައިވާ ޝޯ އެވެ. އެ ޝޯއަށް އެކަނި ވެސް ވަނީ 15 ނޯމިނޭޝަން ލިބިފަ އެވެ.

އެމީ އެވޯޑުގައި ދެން އެންމެ ފާހަގަކުރެވޭ އެވޯޑަކީ އެންމެ މޮޅު އެކްޓަރުންގެ އެވޯޑެވެ. މި އެވޯޑު ލިބިފައިވަނީ "ޔޫފޯރިއާ" އިން އެކްޓިން ދައްކާފައިވާ ޒުވާން އެކްޓަރު ޒެންޑާޔާ އާއި "ސްކުއިޑް ގޭމްސް"ގެ ލީ ޖަންގް ޖޭ އަށެވެ.

މިއީ ޒެންޑާޔާ އަށް އެ އެވޯޑު ލިބުނު ދެވަނަ ފަހަރެވެ. އަދި ލީ ޖަންގް އަށް އެ ލިބުނު އެވޯޑަކީ ތާރީހީ ކާމިޔާބީ އެކެވެ. އެއީ ދެކުނު ކޮރެއާގެ އެކްޓަރަކަށް އެ އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ.