ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަގު ވަޒަންކޮށް ފުރަތަމަ ފަހަރަށް އެވޯޑް ދީފި
ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަގު ވަޒަންކޮށް ފުރަތަމަ ފަހަރަށް އެވޯޑް ދީފި

ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި ފާހަގަކުރެވޭ މީހުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ފުރަތަމަ ފަހަރަށް މިރޭ އެވޯޑް ދީފި އެވެ.

ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަގު ވަޒަންކޮށް ފުރަތަމަ ފަހަރަށް އެވޯޑް ދީފި
ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަގު ވަޒަންކޮށް ފުރަތަމަ ފަހަރަށް އެވޯޑް ދީފި

ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި "މޯލްޑިވްސްް ބްރޯޑްކާސްޓިން ކޮމިޝަން 2022" އެވޯޑްގައި ވަނީ ބްރޯޑްކާސްޓިން ދާއިރާގައި ހިމެނޭ 20 ދާއިރާއަކަށް އެވޯޑް ދީފަ އެވެ.

ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަގު ވަޒަންކޮށް ފުރަތަމަ ފަހަރަށް އެވޯޑް ދީފި
ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަގު ވަޒަންކޮށް ފުރަތަމަ ފަހަރަށް އެވޯޑް ދީފި

އޭގެ ތެރެއިން އެންމެ ހާއްސަ އެއް އެވޯޑަކީ ބްރޯޑްކާސްޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ބޭފުޅުންގެ އަގު ވަޒަންކުރުމަށް ދިން އެވޯޑެވެ. އެ އެވޯޑް ލިބުނީ ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރުބުލޫ އިބްރާހިމް މަނިކު (ސަމަރޭ) އާއި ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ މަޝްހޫރު ޕްރެޒެންޓަރު ޒާހިދާ އިބްރާހިމް (ޒާހިދާއްތަ) އަށެވެ.

- ޓެލެވިޝަން ބެސްޓް އެންޓަޓެއިންމެންޓް އެވޯޑް - މޯލްޑިވިއަން އައިޑޮލް (ޓީވީއެމް)

- ރޭޑިއޯ ބެސްޓް އެންޓަޓެއިންމެންޓް އެވޯޑް - ދިރިއުޅުން (ދިވެހިރާއްޖޭގެ އަޑު)

- ބެސްޓް ޑޮކިއުމެންޓްރީ ޕްރޮގްރާމް ޗެނަލް (ޓީވީ) - ތޮއްޑޫ: އައިލެންޑް އޮފް ވޯޓާމެލަން (ޓީވީއެމް)

- ބެސްޓް ކަރަންޓް އެފެއާޒް ޕްރޮގްރާމް (ޓީވީ) - ސަންގު ބަހުސް (ސަންގު ޓީވީ)

- ބެސްޓް ޑޮކިއުމަންޓްރީ ޕްރޮގްރާމް ޗެނަލް (ރޭޑިއޯ) - ވެހި ދިވެހިން (ދިވެހިރާއްޖޭގެ އަޑު)

- ބެސްޓް އެންވަޔަރުމެންޓް ޕްރޮގްރާމް (ޓީވީ) - ނައިންޓީ ނައިން (ޓީވީއެމް)

- މޯސްޓް ކްރިއޭޓިވް ޕްރޮގްރާމް (ޓީވީ) - ދިވެއްސަކު ދެކުނު އިންޑިއާގައި (ޓީވީއެމް)

- ޕްރޮގްރާމް އޮފް ދަ އިޔާ އޮން ސޯޝަލް އެވެއާނަސް (ޓީވީ) - އިހުސާސް (ޓީވީއެމް)

- ޕްރޮގްރާމް އޮފް ދަ އިޔާ އޮން ސޯޝަލް އެވެއާނަސް (ރޭޑިއޯ) - އަހަރެން (ދިވެހި އެފްއެމް)

- ބެސްޓް ޑޭޓައިމް ޕްރޮގްރާމް (ޓީވީ) - ހެނދުނު ހެނދުނާ (ޓީވީއެމް)

- ބެސްޓް ޑޭޓައިމް ޕްރޮގްރާމް (ރޭޑިއޯ) - ބާއްޖަވެރި ހެނދުނެއް (ދިވެހިރާއްޖޭގެ އަޑު)

- ބެސްޓް ޗިލްޑްރެންސް ޕްރޮގްރާމް (ޓީވީ) - ސްޕެލިން ބީ (ޓީވީއެމް)

- ބެސްޓް ޗިލްޑްރެންސް ޕްރޮގްރާމް (ރޭޑިއޯ) - އެބައުޅޭއެބައުޅޭ (ދިވެހިރާއްޖޭގެ އަޑު)

- ބެސްޓް ރިލިޖަސް އެވެއާނަސް ޕްރޮގްރާމް (ޓީވީ) - ފިކުރާތު (ޓީވީއެމް)

- ބެސްޓް ރިލިޖަސް އެވެއާނަސް ޕްރޮގްރާމް (ރޭޑިއޯ) - އިޖުތިމާއީ މުއުޖިޒާތް (ދިވެހިރާއްޖޭގެ އަޑު)

- ބެސްޓް ޕްރޮގްރާމް ޕްރެޒެންޓަރު (ޓީވީ) - އައިމިނަތު ނަމްޒާ

- ބެސްޓް ނިއުސް އެންކާ އޮފް ދަ އިޔާ (ޓީވީ) - އަބްދުﷲ މުއާޒް (ޕީއެސްއެމް ނިއުސް)

އެ ރަސްމިއްޔާތުގައި ވަނީ ޖޫރީންގެ ހާއްސަ އެވޯޑެއް ވެސް ދީފަ އެވެ. އެ އެވޯޑް ލިބުނީ ބެސްޓް އެވޯޑް ފޯ ޓެކްނިކަލް އެކްސެލެންސްގެ ދަށުން ޓީވީއެމުން ގެނެސްދީފައިވާ "ތޮއްޑޫ: ދަ އައިލެންޑް އޮފް ވޯޓާމެލަން" އަށެވެ. އަދި މޯސްޓް ޕްރޮމިސިން ޓީވީ ޕްރޮގްރާމް ޕްރެޒެންޓަރުގެ އެވޯޑް ލިބުނީ ޝަމްރާ ޝަމީމް (ކުޑޫ) އަށެވެ.

ބްރޯޑްކާސްޓިން އެވޯޑަށް ނުވަ ޓީވީ ޗެނަލަކާއި ތިން ރޭޑިއޯ ޗެނަލަކުން ހުށަހެޅުންތައް ހުށަހެޅި އެވެ. އެ ހުށަހެޅުންތައް ބަލައި ގޮތް ނިންމާފައި ވަނީ ބްރޯޑްކާސްޓިން އަދި ޕްރޮޑަކްޝަން ދާއިރާގެ ތަޖުރިބާކާރު ފަސް ބޭފުޅުންގެ ޗެނަލަކުންނެވެ.

އޭގެ ތެރޭގައި ޓީވީ ޕްރޮޑަކްޝަންގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މަރިޔަމް ޝައުގީ އާއި ޕްރެޒެންޓަރު މަސްއޫދު އަލީ އަދި ޑރ. ލުޖެއިން އިސްމާއިލް ޝަފީގު ހިމެނެ އެވެ. އެ ބޭފުޅުންގެ އިތުރުން ޑައިރެކްޓަރު އަދި ފިލްމު ޕްރޮޑިއުސަރު މުހައްމަދު ނިޔާޒު (ޓެޑްރީ) އާއި މާކެޓިން ދާއިރާ އިން އިމްޖާދު ޖަލީލާއި ދީނީ އިލްމުވެރިޔާ ސާމިޔާ ޒަކަރިއްޔާ ވެސް އެ ޕެނަލުގައި ހިމެނިވަޑައިގަންނަވަ އެވެ.