15 ސެޕްޓެމްބަރ 2022 - 18:20

އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ވަކީލް ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަލަމްގިރިއާ އެކު ނާޒިމް އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެ، މައާފަށް އެދިފަ އެވެ.
ނާޒިމްގެ ގޭ ބަންދުކުރަން ހުކުމްކުރީ ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމްކޮށް އަދި ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ޖެހޭ އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމްކޮށް ގޭ ބަންދުގެ އަދަބަކަށް ބަދަލުކުރުމަށްފަހު އެވެ. އޭނާއަށް ދައުވާކުރީ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ.
ޖިންސީ ކުށުގެ ގާނޫނުގައި ވެސް އެއް ޖިންސުން ގުޅުން ހިންގުމުގެ އަދަބު ހިމެނެ އެވެ. އެ ގާނޫނުގެ ދަށުން ދައުވާކުރި ނަމަ އެ ކުށަށް މަދުވެގެން ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އަލަމްގިރިއާ އެކު ޖިންސީ ގުޅުން ހިންގި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދާއި ފުލުހެއްގެ މައްޗަށް ދައުލަތުން ދައުވާކުރެ އެވެ. އެ މައްސަލަތައް އަދި ނުނިމެ އެވެ.
އަލަމްގިރިގެ މައްޗަށް ކުރި ދައުވާތައް ސާބިތުވުމުން އޭނާ ވެސް ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ވަނީ ކުރިން އޮތީ ހުކުމްކޮށްފަ އެވެ