މިއޮޓް ހޮސްޕިޓަލްގެ ހިތާއި ސިކުނޑީގެ ޑޮކްޓަރުންތަކެއް ރާއްޖޭގައި ފަރުވާދެނީ
މިއޮޓް ހޮސްޕިޓަލްގެ ހިތާއި ސިކުނޑީގެ ޑޮކްޓަރުންތަކެއް ރާއްޖޭގައި ފަރުވާދެނީ

އިންޑިއާގެ މަޝްހޫރު މިއޮޓް ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއި ސިކުނޑީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ދެ ދުވަހަށް ރާއްޖޭޭގައި ފަރުވާދޭން ތައްޔާރުވެއްޖެ އެވެ.

މިއޮޓް ހޮސްޕިޓަލްގެ ހިތާއި ސިކުނޑީގެ ޑޮކްޓަރުންތަކެއް ރާއްޖޭގައި ފަރުވާދެނީ
މިއޮޓް ހޮސްޕިޓަލްގެ ހިތާއި ސިކުނޑީގެ ޑޮކްޓަރުންތަކެއް ރާއްޖޭގައި ފަރުވާދެނީ

މިއޮޓް ހޮސްޕިޓަލުން ބުނި ގޮތުގައި، އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު އެ ޑޮކްޓަރުން ފަރުވާދޭނީ މާލޭގައި ހުންނަ "ދަ ކްލިނިކް" ގަ އެވެ.

މިއޮޓް ހޮސްޕިޓަލްގެ ހިތާއި ސިކުނޑީގެ ޑޮކްޓަރުންތަކެއް ރާއްޖޭގައި ފަރުވާދެނީ
މިއޮޓް ހޮސްޕިޓަލްގެ ހިތާއި ސިކުނޑީގެ ޑޮކްޓަރުންތަކެއް ރާއްޖޭގައި ފަރުވާދެނީ

ސިކުނޑިއާއި ހިތުގެ ބަލިތަކުގެ އަލާމާތްތައް ހުންނަ މީހުންނަށާއި ދެ ވަނަ ޑޮކްޓަރެއްގެ ލަފާ ހޯދަން ބޭނުންވާ މީހުން އަދި މިހާރު ވެސް އެފަދަ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ވެސް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ލިބޭނެކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ހިތުގެ ބަލިތަކަށް ފަރުވާދެއްވާނީ މިއޮޓް ހޮސްޕިޓަލްގެ ސީނިއާ އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓް ޑރ. ސްޓަލިން ރޯއީ ޖޭ އެވެ. އޭނާ އަކީ ލޭނާރު ބެދުން ފަދަ ކަންކަމަށް ފަރުވާދެއްވުމުގައި، 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އިންޑިއާގައި މަގްބޫލް ހިތުގެ ޑޮކްޓަރެކެވެ. މިހާތަނަށް 2000 އަށް ވުރެ ގިނަ ކާޑިއަކް އިންޓަވެންޝަން ޑރ. ސްޓަލިން ވަނީ ފުރިހަމަކޮށްފަ އެވެ.

ހިތުގެ ކުދި ސާޖަރީތަކާއި ބައިޕާސް ސާޖަރީން ފެށިގެން ހާޓް ޓްރާންސްޕްލާންޓް ހެދުމުގެ ގާބިލުކަން ހުރި މިއޮޓް ހޮސްޕިޓަލަކީ އިންޑިއާގެ އެންމެ މަގްބޫލް ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނޭ ހޮސްޕިޓަލެކެވެ.

ސިކުނޑީގެ ބަލިތަކަށް ފަރުވާދެއްވަން ހަމަޖެހިފައިވަނީ މިއޮޓް ހޮސްޕިޓަލުގެ ނިއުރޮލޮޖީ ޑިޕާޓްމެންޓްގެ ކްލިނިކަލް ލީޑް، ނިއުރޮލޮޖިސްޓް ޑރ. ޝަންކަރް ބަލަކްރިޝްނަން އެވެ. އޭނާ އަކީ ނާރު ފިތިގެން ސިކުނޑިއަށް ދިމާވާ ތަފާތު މައްސަލަތަކަށް ފަރުވާދެއްވާ، 12 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރެކެވެ.

ސްޓްރޯކާއި، އެޕިލެޕްސީ ނުވަތަ ސްޕައިނަލް ކޯޑަށް ދިމާވާ މައްސަލަތައް ފަދަ ކަންކަމަށް ފަރުވާދެއްވުމަށް ހާއްސަ ވެފައިވާ ޑރ. ޝަންކުރް މިހާތަނަށް ސިކުނޑީގެ 500 އަށް ވުރެ ގިނަ ސާޖަރީ ކޮށްފައިވެ އެވެ.

މިއޮޓް ހޮސްޕިޓަލުން ބުނިގޮތުގައި، ސްޓްރޯކާއި، ބްރެއިން އެނިއުރިޒްމް، އެޕިލެޕްސީ، ހަނދާން ނެތުމުގެ މައްސަލަ އަދި ޑިމެންޝާ، ޕެރަލިސިސް، ބްރެއިން ޓިއުމަރު ފަދަ މައްސަލަތަކަށް ފަރުވާދިނުމުގެ އިތުރުން، އެފަދަ ބަލިތަކުން ރަނގަޅުވަމުން އަންނަ ޕޭޝަންޓުންނަށް ހާއްސަ ރިހެބްގެ ހިދުމަތް ވެސް އެ ހޮސްޕިޓަލުން ލިބެ އެވެ.

މިއޮޓް ހޮސްޕިޓަލުން ބުނީ ފަރުވާދޭން ހަމަޖެހިފައިވާ ދުވަހުގެ ކުރިން ރެޖިސްޓަރީ ކުރަން ޖެހޭނެކަމަށާއި، ޑޮކްޓަރަށް ދެއްކުމަށް 250ރ. ނަގާނެ ކަމަށެވެ.

ރަޖިސްޓްރީވާން 3334888 އަށް ގުޅައިގެންނާއި 9477294 ނުވަތަ 9326772 އަށް ވައިބަ ކޮށްގެން އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ. އަދި މިއޮޓް ހޮސްޕިޓަލުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ވެސް އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.