ވޯލްޑް ކަޕަށް ހާއްސަ ކޮށްގެން އެސްޓީއޯގެ "ހޭވައްލާ"، އައިފޯނު 14 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު
ވޯލްޑް ކަޕަށް ހާއްސަ ކޮށްގެން އެސްޓީއޯގެ "ހޭވައްލާ"، އައިފޯނު 14 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު

ގަތަރުގައި މި އަހަރު ބާއްވާ ވޯލްޑް ކަޕާ ގުޅުވައިގެން އެސްޓީއޯ އިން އަގުހުރި އިނާމުތަކެއް ލިބޭ "ހޭވައްލާ" ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ވޯލްޑް ކަޕަށް ހާއްސަ ކޮށްގެން އެސްޓީއޯގެ "ހޭވައްލާ"، އައިފޯނު 14 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު
ވޯލްޑް ކަޕަށް ހާއްސަ ކޮށްގެން އެސްޓީއޯގެ "ހޭވައްލާ"، އައިފޯނު 14 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު

އެ ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސައިން އަމްރު އެވެ.

ވޯލްޑް ކަޕަށް ހާއްސަ ކޮށްގެން އެސްޓީއޯގެ "ހޭވައްލާ"، އައިފޯނު 14 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު
ވޯލްޑް ކަޕަށް ހާއްސަ ކޮށްގެން އެސްޓީއޯގެ "ހޭވައްލާ"، އައިފޯނު 14 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު

ވޯލްޑް ކަޕްގެ ފޯރިގަދަ ކުރުމަށް އެ ކުންފުނިން ފެށި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމްތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. އަދި 50 އިންޗީގެ ފިލިޕްސް ޓީވީއެއް ގަތުމުން ހިލޭ ސައުންޑް ސްޕީކަރު ބާއަކާއި ބްރެކެޓެއް ވެސް ލިބޭނެ އެވެ.

އެ ޕްރޮމޯޝަނުގެ ދަށުން ކުރާ ކޮންމެ 500ރ. އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރާނެ އެވެ. ޕްރޮމޯޝަނުގެ ލަކީޑްރޯ އިން ގުރުއަތުން އެއްވަނަ ނަސީބުވެރިއަކަށް ހޮވޭ މީހަކަށް އައިފޯން 14 ޕްރޯ މެކްސްއެއް ވަނީ ހުށަހަޅައިފަ އެވެ. އަދި ދެ ވަނަ ނަސީބުވެރިޔާ އަށް ވީއާރާ އެކު ޕީއެސް 5 އެއް ހުށަހަޅާފައި ވާއިރު ތިން ވަނަ އިނާމަކީ 15،000ރ. ގެ ގިފްޓު ވައުޗަރެކެވެ. އެ ވައުޗަރުގެ ދަށުން ގެ އާއި ބަދިގެ އަށް ބޭނުންވާ ސާމާނު ނެގޭނެ ކަމަަށް އެސްޓީއޯ އިން ބުންޏެވެ.

"ހޭވައްލާ" ޕްރޮމޯޝަންގެ ދަށުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވަގުތުން އިނާމު ލިބޭ ބައެއް ގޭމުތައް ވެސް ކުރިއަށް ގެންދާނެ އެވެ.

އެ ޕްރޮމޝަން އޮންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.