އެއާޕޯޓުން ޑޮލަރު ދޫކުރަން ފަށައިފި، ފުރަތަމަ 10 މީހުންނަށް ހަދިޔާއަކަށް 100 ޑޮލަރު
އެއާޕޯޓުން ޑޮލަރު ދޫކުރަން ފަށައިފި، ފުރަތަމަ 10 މީހުންނަށް ހަދިޔާއަކަށް 100 ޑޮލަރު

ރާއްޖެ އިން ބޭރަށް ފުރާ ދިވެހި ދަތުރުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ދޫކުރަން މިއަދު ފަށައި ފުރަތަމަ 10 މީހުންނަށް ހަދިޔާއެއްގެ ގޮތުގައި ކޮންމެ ދަތުރުވެރިއަކަށް 100 ޑޮލަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދީފި އެވެ.

އެއާޕޯޓުން ޑޮލަރު ދޫކުރަން ފަށައިފި، ފުރަތަމަ 10 މީހުންނަށް ހަދިޔާއަކަށް 100 ޑޮލަރު
އެއާޕޯޓުން ޑޮލަރު ދޫކުރަން ފަށައިފި، ފުރަތަމަ 10 މީހުންނަށް ހަދިޔާއަކަށް 100 ޑޮލަރު

މިއަދުން ފެށިގެން ދިވެހި ދަތުރުވެރިންނަށް ޑޮލަރު ދޫކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ޗެކިން ވުމުން، އެ ތަނުގައި ހުންނަ ބީއެމްއެލްގެ ޑޮލަރު ކައުންޓަރުންނެވެ. އަދި އެއާޕޯޓަށް ދިއުމުގެ ކުރިން ޑޮލަރު ގަންނަން އޮންލައިންކޮށް ބުކިން ހައްދައި އޮންލައިންކޮށް ފައިސާ ދެއްކޭނެ ޕޯޓަލެއް ބީއެމްއެލް އިން ވަނީ ގާއިމްކޮށްފަ އެވެ.

ޑޮލަރު ދޫކުރަން ފެށުން ފާހަގަކުރުމަށް ބީއެމްއެލް އިން ވަނީ އެއާޕޯޓުގައި މިއަދު ހެނދުނު ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތުގައި ބޭންކުން ވަނީ އާ ނިޒާމް ބޭނުންކޮށްގެން ޑޮލަރު ނެގި ފުރަތަމަ 10 މީހުންނަށް ހަދިޔާއެއްގެ ގޮތުގައި ކޮންމެ ދަތުރުވެރިއަކަށް 100 ޑޮލަރު ދީފަ އެވެ. އަދި ދަތުރުވެރިންނަށް ޑޮލަރު ދޫކުރުމަށް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލްގައި ވެފައިވާ ތައްޔާރީތަކާ ބެހޭ ވީޑިއޯއެއް ވެސް ދެއްކި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ ޑޮލަރު ގަތުމަށް ގާއިމްކޮށްފައިވާ އޮންލައިން ނިޒާމަށް އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

"ދަތުރުވެރިންނަށްޓަކައި އޮމާންކަމާ އެކު އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މި ތިބީ އަޒުމް ކަނޑައަޅައިގެން،" އެންޑްރޫ ވިދާޅުވި އެވެ.

ޑޮލަރު ގަންނަން ބޭނުންވާ ދަތުރުވެރިން މިހާރު އޮންލައިންކޮށް ބުކިން ހެއްދުމަށް ފަހު، ފައިސާ ދެއްކޭނީ ބީއެމްއެލްގެ ވެބްސައިޓަށް ވަދެ، އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލް އަށް ވަނުމަށް ފަހު، ދަތުރުކުރާ މީހުންގެ މައުލޫމާތާއި ޕާސްޕޯޓް ނަމްބަރު އަދި ފްލައިޓްގެ މައުލޫމާތު ޖަހައި، ޑެބިޓް ކާޑުން ފައިސާ ދެއްކުމުން ބުކިން ހެދުނީ އެވެ. އަދި ފުރަން އެއާޕޯޓަށް ގޮސް، ޗެކިންވުމަށް ފަހު ޑިޕާޗާ ޓާމިނަލްގެ ގޭޓް ހަތަރެއްގެ ކުރިމަތީގައި ހުންނަ ބީއެމްއެލްގެ ކައުންޓަރަށް ދިއުމުން އެ މީހަކަށް ޑޮލަރު ލިބޭނެ އެވެ.

އެކަމަކު މި ނިޒާމުގެ ދަށުން ވެސް ކޮންމެ މީހަކަށް ގިނަވެގެން ލިބޭނީ، ކުރިން ވެސް އޮންނަ ގޮތަށް 500 ޑޮލަރެވެ. އަދި ބުކިން ހައްދާއިރު، އެއް ބުކިންއެއްގައި ގިނަވެގެން ހިމެނޭނީ ހަމަ ފަސް މީހުންނެވެ.

ބީއެމްއެލް އިން ޑޮލަރު ވިއްކަން ފެށިޔަސް، މިއަދާއި މާދަމާ ފުރާ މީހުންނަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ވިއްކާނެ އެވެ. އެއީ އާ އިންތިޒާމުގެ ދަށުން ޑޮލަރު ވިއްކަން ފަށާއިރު، އޮޅުން އެރުން ފަދަ ކަންކަން ދިމާ ނުވާނެކަން ކަށަވަރު ކުރުމަށެވެ.