ފޯން ބޫތުގެ ޓްރެއިލާ: ކެޓްރީނާ އަކީ ޖިންނިއެއް
ފޯން ބޫތުގެ ޓްރެއިލާ: ކެޓްރީނާ އަކީ ޖިންނިއެއް

ބޮލީވުޑްގެ ތަރި ކެޓްރިނާ ކައިފާއި ޒުވާން ދެ ތަރިން ކަމަށްވާ އިޝާން ކައްޓާރު އަދި ސިދާންތު ޗަތުރުވޭޑީ ލީޑު ކުޅޭ ފިލްމު، "ފޯނު ބޫތު" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

ގުރްމީތު ސިންގް ޑައިރެކްޓްކުރާ އެ ފިލްމަކީ ކެޓްރީނާގެ ފިލްމީ ކެރިއަރުގައި އޭނާ ކުޅޭ ފުރަތަމަ ބިރުވެރި-މަޖާ ފިލްމެވެ.

ޓްރެއިލާގައި ކެޓްރީނާ ފެންނަނީ ޖިންނިއެއްގެ ރޯލުންނެވެ. އޭނާއަށް ލިބިފައިވާ އާދަޔާ ހިލާފު ބާރުގެ ސަބަބުން ބިރުން އިޝާނާއި ސިދާންތު ވެސް އޭނާ ބުނާ ގޮތް ހަދާ މަންޒަރު ފެނެ އެވެ. އެ ހުރިހާ މަސައްކަތެއް އެމީހުން ކުރަނީ ނުބައި މީހެއްގެ ފަރާތުން ސަލާމަތްވުމަށް ކަމަށް އެ ޓްރެއިލާ އިން ދައްކުވައިދެ އެެވެ.

އެ ބިރުވެރި ކަންތައްގަނޑުގެ ތެރެއިން ހިނގާ މަޖާ ކަންކަން ވެސް އެ ކުރު ޓްރެއިލާގައި ފެނެ އެވެ.

މިމަހު ރިލީޒްކުރަން އޮތް އެ ފިލްމު ނެރޭ ތާރީހު ތިން ވަނަ ފަހަރަށް ބަދަލުކޮށްފައި ވަނީ އަންނަ މަހުގެ 7 އަށެވެ.