28 އޮކްޓޯބަރ 2022 - 07:53

ކަމަކާ ހާސްވެ، ކަންބޮޑުވުމުން ވެސް އެންމެ ފުރަތަމަ ކަމަކަށް ކުރެވޭ ކަމަކީ ބޯ ކަހާލުމެވެ. އެއީ ދެން ކުރާނެ ނުވަތަ ކުރެވިދާނެ ކަމަކާ ދޭތެރޭ ވިސްނާލުމަށް ކުރެވޭ ކަމަކެވެ.
އިޝާރާތުން ކުރެވޭ ކަންކަން ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބޯ ކަހާލުމުން ދޭހަވަނީ މީހަކު ކަމަކާ ހާސްވެ، އޭނާ އަށް އެހީތެރިކަން ބޭނުންވާ ކަމެވެ. ނުވަތަ އެ މީހަކު ކޮންމެވެސް އެއްޗެއް ބުނެދޭން އުޅޭކަމުގެ އިޝާރާތެކެވެ.
ވާހަކަ ދައްކާއިރު، އެއް އިނގިލިން ބޯ ކަހާ ނަމަ، އޭގެ މާނަ އަކީ އޭނާއާ ވާހަކަ ދެއްކި މީހާ، ދެއްކި އެއްވެސް އެއްޗެއް އޭނާ އަށް ރަނގަޅަށް ނޭނގުމެވެ. ނުވަތަ ދެއްކި އެއްވެސް ވާހަކަ އަކަށް އޭނާ ސަމާލުކަން ނުދިނުމެވެ.
ރުޅި އައިސް، ހިތްހަމަ ނުޖެހުމުގެ އެންމެ ބޮޑު އަލާމާތަކީ އޭނާގެ އިސްބޯދަށުން ކަނދުރާގައި އަތް އަޅުވާލުވެ. އެއީ އަހަރެން ވަކި ކުރާނީ ކީއްހޭ، މިވާ ގޮތެއް މަށަކަށް ވެސް ނޭނގޭ ބުނުން ފަދަ އިޝާރާތެކެވެ.
ވާހަކައެއް ދައްކަމުން ދާއިރު، ބޮލުގެ ކޮންމެ އިޝަރާތަކީ ވެސް އެމީހާގެ އެވަގުތުގެ ހާލަތު އަންގައިދޭ ކަމެކެވެ. ދައްކަމުން އަންނަ ވާހަކަ އަށް އެ މީހަކު ދޭ ސަމާލުކަން ވެސް ވަރަށް ރަނގަޅަށް ހާމަ ވާނެ ކަމެކެވެ.