އެސްޓީއޯ އިން މި އަހަރު ވެސް ނިންމާލަނީ ބޮޑު ސޭލަކުން
އެސްޓީއޯ އިން މި އަހަރު ވެސް ނިންމާލަނީ ބޮޑު ސޭލަކުން

އެސްޓީއޯގެ "އިޔާ އެންޑް ސޭލް" މިއަދު ފަށައިފި އެވެ.

އެސްޓީއޯ އިން މި އަހަރު ވެސް ނިންމާލަނީ ބޮޑު ސޭލަކުން
އެސްޓީއޯ އިން މި އަހަރު ވެސް ނިންމާލަނީ ބޮޑު ސޭލަކުން

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އޮތް ރަސްމިއްޔާތެއްގައި އެ ސޭލް ފައްޓަވައި ދެއްވީ އެ ކުންފުނީގެ ސޭލްސް މެނޭޖަރު އަބްދުﷲ ސައީދެވެ.

އެ ޕްރޮމޯޝަނަކީ އަގު ހުރި އިނާމުތަކެއް ހުށަހަޅާފައިވާ އަދި 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ސޭލެކެވެ.

އެ ސޭލްގެ ދަށުން މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ޑިސްކައުންޓުގެ އިތުރުން ކަސްޓަމަރުން ކުރާ ކޮންމެ 500ރ. ގެ ލަކީޑްރޯގައި ބައިވެރިވުމުން ކޫޕަނެއް ލިބޭނެ އެވެ. ލަކީޑްރޯއިން ގުރުއަތުން އެއް ވަނަ ހޮވޭ ކަސްޓަމަރަކަށް 65 އިންޗީގެ ޓީވީ އަކާއި ސައުންޑް ސިސްޓަމެއް އަދި އައިސްއަލަމާރިއެއް ހިމެނޭ "ގިފްޓު ބަންޑަލް" އެއް ލިބޭނެ އެވެ. ދެވަނަ އަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 15،000ރ. ގެ ގިފްޓު ވައުޗަރެއް އަދި ތިން ވަނަ އަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 500ރ. ގެ ވައުޗަރެއް ލިބޭނެ އެވެ.

ސޭލްސް މެނޭޖަރު ސައީދު ވިދާޅުވި ގޮތުގައި އެ ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ އިން ވިއްކާ ހުރިހާ ޕްރޑަކްޓުތަކަކުން ޑިސްކައުންޓު ލިބޭނެ އެވެ.

އެއީ އަތޮޅުތަކުގައި ހުންނަ އެސްޓީއޯގެ ފިހާރަތަކުން ވެސް ޑިސްކައުންޓު ލިބޭނެ ޕްރޮމޯޝަނެކެވެ.

"އިޔާ އެންޑް ސޭލް" ގެ އިތުރުން އެސްޓީއޯގައި މި އަހަރުގެ ވޯލްޑް ކަޕަށް ހާއްސަކޮށް ފެށި "ހޭވައްލާ" ޕްރޮމޯޝަން ވެސް ކުރިއަށް އެބަގެންދެ އެވެ.

އެއީ ކަނޑައަޅާފައިވާ ވަކި ބާވަތްތަކަކު 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެކެވެ. އަދި 50 އިންޗީގެ ފިލިޕްސް ޓީވީއެއް ގަތުމުން ހިލޭ ސައުންޑް ސްޕީކަރު ބާއަކާއި ބްރެކެޓެއް ވެސް ލިބެ އެވެ. އެ ޕްރޮމޯޝަނުގެ އިނާމަކަށް ހުށަހަޅާފައި ވަނީ އައިފޯން 14 ޕްރޯ މެކްސްއެކެވެ.