މީޑިއާ ކައުންސިލްގެ އާ ދައުރަށް މެމްބަރުން އިންތިހާބުކޮށްފި
މީޑިއާ ކައުންސިލްގެ އާ ދައުރަށް މެމްބަރުން އިންތިހާބުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އާ ދައުރަށް މެމްބަރުން މިއަދު އިންތިހާބުކޮށްފި އެވެ.

މީޑިއާ ކައުންސިލްގެ އާ ދައުރަށް މެމްބަރުން އިންތިހާބުކޮށްފި
މީޑިއާ ކައުންސިލްގެ އާ ދައުރަށް މެމްބަރުން އިންތިހާބުކޮށްފި

އެ ކައުންސިލްގެ މިހާރުގެ މެމްބަރުންގެ ދައުރު ހަމަވާތީ އާ މެމްބަރުން ހޮވަން މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި އިންތިހާބުގައި 99 މީޑިއާއަކުން ވޯޓުލި އެވެ. މީޑިއާތަކުން ހަތް މެމްބަރުން އަދި އާއްމުންގެ ތެރެއިން ހަ މެމްބަރުން ތިބޭ އެ ކައުންސިލަށް މީޑިއާތަކުން 10 މީހަކު ކުރިމަތިލި އެވެ.

މީޑިއާ ކައުންސިލްގެ އާ ދައުރަށް މެމްބަރުން އިންތިހާބުކޮށްފި
މީޑިއާ ކައުންސިލްގެ އާ ދައުރަށް މެމްބަރުން އިންތިހާބުކޮށްފި

1. އަހުމަދު އާޒިފު (ސަން އޮންލައިން): 85 ވޯޓު

2. މުހައްމަދު ސިމާއު (ވަން އޮންލައިން): 85 ވޯޓު

3. މުހައްމަދު އަފްރާހު (ތިލަދުން): 83 ވޯޓު

4. މޫސާ ރަޝީދު (މިހާރު): 80 ވޯޓު

5. ހުސެއިން ޝަރީފް (ވަގުތު): 75 ވޯޓު

6. އަހުމަދު މުސްތަފާ (ޕީއެސްއެމް): 62 ވޯޓު

7. އަލީ ނިޝާން (އާފަތިސް އޮންލައިން): 58 ވޯޓު

އެމްއެމްސީ އަށް މީޑިއާތަކުން ކުރިމަތިލީ މީހުންގެ އިތުރުން އާއްމުންގެ ތެރެއިން ހޮވާ ހަ މެމްބަރުން ތިބޭ އިރު އެކަމަށް ޖުމްލަ 12 މީހަކު ކުރިމަތިލި އެވެ.

1. އަރުމާން ރަޝީދު: 84 ވޯޓު

2. އަހުމަދު ޝައްފާން: 79 ވޯޓު

3. ފާތިމަތު ޝާޒްލީ: 77 ވޯޓު

4. އަހުމަދު އަމީން އަހުމަދު: 54 ވޯޓު

5. މުހައްމަދު ނަސީރު: 52 ވޯޓު

6. އަލީ ރަޝީދު އިބްރާހިމް: 48 ވޯޓު

ޖުމްލަ 15 މެމްބަރުން ހިމެނޭ އެމްއެމްސީގެ މިހާރުގެ ދައުރު އަންނަ ބުދަ ދުވަހަށް ހަމަވާނެ އެވެ.

މީޑިއާ ކައުންސިލްގެ ދައުރެއްގެ މުއްދަތަކީ ދެ އަހަރެވެ.