ނާޑު ޕްރިވެޓް ލިމިޓެޑުގެ 5 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
ނާޑު ޕްރިވެޓް ލިމިޓެޑުގެ 5 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ފުޅާ ދާއިރާގައި މެޑިކަލް އިކުއިޕްމަންޓާއި ފާމަސިއުޓިކަލް ވިޔަފާރި ކުރާ މަޝްހޫރު ކުންފުނި ނާޑު ޕްރައިވެޓް ލިމިޓެޑްގެ ފަސްވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

ނާޑު ޕްރިވެޓް ލިމިޓެޑުގެ 5 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
ނާޑު ޕްރިވެޓް ލިމިޓެޑުގެ 5 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

އެ ކުންފުނީގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހިންގި ހާއްސަ ހަރަކާތްތަކުގެ ދަށުން "ނޯވާ ފާމަސޫޓިކަލްސް"ގެ ނަމުގައި އެ ކުންފުނީގެ ފުރަތަމަ ބޭސް ފިހާރަ ވެސް ވަނީ ހުޅުވައިފަ އެވެ. އަދި ނާޑުން މާގިރި ހޮޓަލުގައި ކުންފުނީގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާގެ މެންބަރުންނާއި، ކުންފުންޏާ އެކު މަސައްކަތް ކުރާ ގިނަ ފަރާތްތަކަކާ އެކު ހާއްސަ ހަފްލާއެއް ވެސް ވަނީ ބާއްވައިފަ އެވެ.

ނާޑު ޕްރިވެޓް ލިމިޓެޑުގެ 5 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
ނާޑު ޕްރިވެޓް ލިމިޓެޑުގެ 5 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

އެ ހަފްލާގައި ވާހަކަދައްކަވަމުން ނާޑުގެ މެނޭޖިން ޑިރެކަޓަރު މުހައްމަދު ޖަލާލު ވަނީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކުންފުނީގެ ތަސައްވުރަށް ވާސިލުވުމަށް ކޮށްފައިވާ މަސައްކަތްތަކަށް ބައްލަވާލައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ މަގުސަދަކީ ޖަޒީރާވަންތަ ދިރިއުޅުމެއް ދިވެހި ރައްޔިތުންނަށް ފަހިކޮށްދިނުމަށް ސިއްހީ ދާއިރާ އަށް ބޭނުންވާ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ތައާރަފު ކުރުމެވެ. އަދި ކުންފުނި އުފެދުނީއްސުރެ އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ ސިއްހީ ހިދުމަތްތައް، ދިރިއުޅޭ ރަށުން ފޯރުކޮށްދިނުމަށް އެހީތެރި ވެދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާޑު ޕްރިވެޓް ލިމިޓެޑުގެ 5 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
ނާޑު ޕްރިވެޓް ލިމިޓެޑުގެ 5 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ޖަލާލު ވިދާޅުވީ ކުދި އާބާދީތަކަށް ހިދުމަތް ފޯރުކޮށްދެވޭ ފަދަ މެޑިކަލް އިކުއިޕްމަންޓް ދުނިޔޭގެ ތަފާތު ނަން މަޝްހޫރު މެޑިކަލް އިކުއިޕްމަންޓް ކުންފުނިތަކުން ހޯދައި، އެކި ރަށްރަށަށް ވޭތުވެދިޔަ ފަސް އަހަރު ފޯރުކޮށްދީފައިވާ ކަމަށެެވެ. އެގޮތުން ކުދި ރަށްތަކުގައި ދިރިއުޅޭ ބަލިމީހުންނަށް ތައިރޮއިޑް އާއި ހަކުރުބަލި ފަދަ ގަވައިދުން ހަދަން ޖެހޭ ޓެސްޓުތައް ހެދުމުގެ އިންތިޒާމު އެ ރަށްރަށުގައި ގާއިމުވެފައި ވަނީ ނާޑުން ހޯދާ ފޯރުކޮށްދީފައިވާ މެޑިކަލް އިކުއިޕްމަންޓްތަކުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ. އެކަމަކީ އެ ކުންފުނީގެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި، ކުންފުނީގެ ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ވަނީ ކުންފުނީގެ މުވައްޒަފުން ކަމަށް ވިދާޅުވި އެވެ.

"ކަސްޓަމަރުން ގެ އިތުބާރު އަޅުގަނޑުމެންނަށް ލިބިފައި މިވަނީ ކޮންމެ ވަގުތެއްގައި ވެސް އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމަށް އެ ފަރާތްތަކަށް ގުޅޭތީ. އަދި ދިމާވާ މައްސަލަތަކުގެ ހައްލު ވީހާ ވެސް އަވަހަކަށް ލިބޭނެ ކަމުގެ ޔަގީންކަން ވެސް އެ ފަރާތްކަށް ލިބިފައި ވާތީ. މިއީ އަޅުގަނޑުމެން ޓީމުގެ ބުރަ މަސައްކަތުގެ ނަތީޖާ،" އޭނާ ވިދާޅުވި އެވެ.

ނާޑު އަކީ ރާއްޖެ އަށް ގިނަ މެޑިކަލް ބްރޭންޑުތަކެއް ތައާރަފު ކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ތައާރަފު ކުރި ބްރޭންޑުތަކުގެ ތެރޭގައި ޖަރުމަނުގެ ސާސްޓަޑް އާއި ޖަޕާނުގެ ނިހޯން ކޯޑުން އަދި ކޮރެއާގެ ބޮޑިޓެކް އާއި އެމެރިކާގެ ޑެންޓަލް އިކުވިޕްމަންޓް ބްރޭންޑް ހެންރީ ޝައިން ހިމެނެއެވެ.

އެ ކުންފުނިން މި ދިޔަ މަހު ވަނީ ބެކްސްޓާ ޑަޔަލެސިސް މެޝިންނު ވެސް އަތޮޅު ހޮސްޕިޓަލްތަކަށް ތައާރަފްކޮށް މުވައްޒަފުން ތަމްރީނު ވެސް ކޮށްފަ އެވެ. އަދި ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމްތަކަށް ބޭނުންވާ އެހީތެރިކަން ވެސް އެ ކުންފުނިން ވަނީ ފޯރުކޮށްދީފަ އެވެ.

ނާޑުން ފޯރުކޮށްދޭ މެޑިކަލް އިކުވިޕްމަންޓުތަކަށް ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ މުވައްޒަފުން އަހުލުވެރިކުރުމަށް ރާއްޖެއިން ބޭރާއި ރާއްޖޭގައި ތަފާތު ތަމްރީނު ޕްރޮގްރާމްތައް ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.

އެ ކުންފުނީގެ އަފްޓާ ސޭލްސް ހިިދުމަތާއި ޕްރިވެންޓިވް މެއިންޓަނަންސް ޕްރޮގްރާމްގެ ހަރުދަނާކަން ނާޑުގެ ކަސްޓަމަރުން ފާހަގަ ކުރެ އެވެ. އެ ކުންފުންޏަކީ މި އަހަރުގެ ގޯލްޑް-100 ގެ އެވޯޑް ވެސް ލިބިފައިވާ ކުންފުންޏެކެވެ.

ނޯޓު: މިއީ ނާޑު ޕްރައިވެޓް ލިމިޓެޑުގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.