ޝީ ބިލްޑިންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ޝީ ބިލްޑިންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޝީ ބިލްޑިންގެ ބައެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ޝީ ބިލްޑިންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ޝީ ބިލްޑިންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖާ އަދުނާން މުހައްމަދު ވިދާޅުވި ގޮތުގައި މިރޭ 11:30 ހާއިރު އަލިފާން ރޯވެފައި ވަނީ ޝީ ބިލްޑިންގެ ހަ ވަނަ ބުރީގަ އެވެ. އަލިފާން ނިއްވާ މީހުން އެ ތަނަށް ދިޔައިރު ވެސް އަލިފާންގަނޑު ނިވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝީ ބިލްޑިންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ޝީ ބިލްޑިންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

"މި ހާދިސާގައި ލިބިފައިވާ ގެއްލުންތައް މި ދަނީ ބަަލަމުން،" އަދުނާން ވިދާޅުވި އެވެ.

އެ އެޕާޓްމަންޓުގައި އުޅެނީ ޖުމްލަ ހަ މީހުންނެވެ. އެ މީހުން އެ ތަނުގައި ދިރިއުޅޭތާ މިހާރު ހަ އަހަރު ވެއްޖެ އެވެ.

އަލިފާން ރޯވި ވަގުތު ތިން ކޮޓަރީގެ އެ އެޕާޓްމަންޓުގައި ތިބީ ތިން އަންހެނުންނެވެ. އަލިފާނާ އެކު އެ ތަނުގެ ތެރޭގައި ދުން އުފެދުމުން އެ އެންމެން ވަނީ މަގުމައްޗަށް ނުކުމެފަ އެވެ.

އެ ތަނުން އެކަކު "މިހާރު" އަށް ބުނި ގޮތުގައި އަލިފާން ރޯވީ އުނދުނުގަ އެވެ. އަލިފާންގަނޑު މާ ބޮޑަށް ނުފެތުރެނީސް އެޕާޓްމެންޓުގައި ހުރި އަލިފާން ނިއްވާ ފުޅި ބޭނުން ކޮށްގެން ނިއްވާލާފައިވާ ކަމަށް އޭނާ ބުންޏެވެ.