އެމްފައިސާ މެދުވެރިކޮށް ވައިޓަލް ކެއާ އިން ޑިސްކައުންޓެއް
އެމްފައިސާ މެދުވެރިކޮށް ވައިޓަލް ކެއާ އިން ޑިސްކައުންޓެއް

ދަތުގެ ފަރުވާދޭ ކްލިނިކް، ވައިޓަލް ކެއާގެ ހިދުމަތްތަކަށް އުރީދޫގެ އެމް ފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަންގެ ދަށުން މި މަހުގެ ނިޔަލަށް އެ ކްލިނިކުން ހިދުމަތްތައް ހޯދަން އެމް ފައިސާ އިން މުއާމަލާތްތައް ކުރާ ކަސްޓަމަރުންނަށް ފަސް ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

ވައިޓަލް ކެއާ އަކީ ދަތް ހުދުކުރުމާއި ނަރު ގަނޑު އެޅުވުމާއި ފުޓުނި އެޅުމާއި ދަތުގެ ގިނަ އެހެން ފަރުވާތައް ވެސް ފޯރުކޮށްދޭ ކްލިނިކެކެވެ.

އެމް-ފައިސާ އަކީ އުރީދޫން ތައާރަފު ކޮށްފައިވާ ޑިޖިޓަލް ވޮލެޓެކެވެ. އެމް ފައިސާ ބޭނުން ކޮށްގެން ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމާއި އެކި ހިދުމަތްތަކަށް ފައިސާ ދެއްކޭނެ އެވެ.

މިއީ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް ބޭނުން ކުރެވޭނެ ހިދުމަތެކެވެ. އެމް ފައިސާ މެދުވެރިކޮށް ގިނަ ހިދުމަތްތަކަށް ފައިސާ ފަސޭހައިން ދެއްކޭނެ މަގު ތަނަވަސް ކޮށްދީފައި ވާއިރު، އެމް ފައިސާ ބޭނުން ކުރުމުން އެކި އަދަދުތަކުން ހިދުމަތްތަކަށް ޑިސްކައުންޓާއި ކޭޝްބެކް ލިބޭ ޕްރޮމޯޝަންތައް އުރީދޫން އަންނަނީ ހިންގަމުންނެވެ.