ބީއެމްއެލް އިން ހިދުމަތް ދިނުމުގައި މިހާރަށް ވުރެ ލުއި ގޮތްތަކެއް ފަހިކޮށްދީ: ރައީސް
ބީއެމްއެލް އިން ހިދުމަތް ދިނުމުގައި މިހާރަށް ވުރެ ލުއި ގޮތްތަކެއް ފަހިކޮށްދީ: ރައީސް

ބީއެމްއެލް އިން ހިދުމަތް ދިނުމުގައި ވިޔަފާރިވެރިންނާއި އަމިއްލަ ފަރާތްތަކަށް މިހާރަށް ވުރެ ލުއި ފަސޭހަކަމާ އެކު ހިދުމަތްތައް ލިބޭނެ ގޮތްތައް ފަހިކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

ބީއެމްއެލް އިން ހިދުމަތް ދިނުމުގައި މިހާރަށް ވުރެ ލުއި ގޮތްތަކެއް ފަހިކޮށްދީ: ރައީސް
ބީއެމްއެލް އިން ހިދުމަތް ދިނުމުގައި މިހާރަށް ވުރެ ލުއި ގޮތްތަކެއް ފަހިކޮށްދީ: ރައީސް

ބީއެމްއެލް އަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ކްރޮސް ރޯޑްސްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ބީއެމްއެލް އަކީ ދިވެހިންގެ އުންމީދުތަކާ ގުޅިފައިވާ ބޭންކަށްވާ އިރު ބޭންކުގެ އެންމެ މުހިއްމު ޒިންމާއަކަށް ވާން ވާނީ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކުން ވެސް ބޭންކްގައި ފައިސާ ރައްކާ ކުރަމުން އަންނަ އިރު އެ ބަހައްޓާ ފައިސާ އަމާނާތް ރައްކާތެރިކަމާ އެކު ބެލެހެއްޓުމުގައި މިހާރަށްވުރެ ހަރުދަނާ ކަމާ އެކު ބީއެމްއެލް އިން މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ.

"ވިޔަފާރިވެރިން ވެސް އަދި އާންމު ރައްޔިތުން ވެސް އެ މީހުން ބުރަ މަސައްކަތުން ހޯދާ ފައިސާ ބޭންކާ ހަވާލު ކުރަނީ ބޭންކާ މެދު ވަރަށް ބޮޑު އިތުބާރެއް ކުރާތީ. އެ ފައިސާ އަމާނާތްތެރިކޮށް، ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް މިހާރަށް ވުރެ ހަރުދަނާ އިންތިޒާމުތަކެއް ހަމަޖައްސާނެ ކަމަށް އުންމީދުކުރަން،" ރައީސް ވިދާޅުވި އެވެ

ރައީސް ވިދާޅުވީ، ބީއެމްއެލް އިން ހިދުމަތްތައް ދެމުން އަންނަ އިރު އާންމުންނަށް ލުއި ގޮތްތައް ހޯދައިދޭން ޖެހޭ ކަމަށެވެ. އެގޮތުން ދާދި ފަހުން ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ކުދިންނަށް ޓީޓީ ފޮނުވުމުގައި ލިމިޓްތަކެއް ކަނޑައެޅުމުން އެކަމުގެ ކަންބޮޑުވުންތައް އެ ފަރާތްތަކުން ކުރަމުން ދާ އިރު އެއަށް ހައްލެއް ހޯދައިދޭން އެދިވަޑައިގަތެވެ.

ރައީސް ވަނީ ބޭންކްގެ ދިގު ތާރީހުގައި ލިބުނު ކުރިއެރުންތައް ފާހަގަކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ބޭންކު ވުޖޫދަށް އައި އިރު ރާއްޖޭގައި ބޭރުގެ ތިން ބޭންކަކުން ހިދުމަތް ދެމުން އައި ކަމަށެވެ. އެހެން ނަމަވެސް މުޅި މުޖުތަމައުއަށް ބޭންކަކުން ލިބެން ޖެހޭ ހަގީގީ މަންފާ ލިބުނީ ބީއެމްއެލްގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

"ބީއެމްއެލް އަށް 40 އަހަރުވީ އިރު އެ ބޭންކްގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާވެއްޖެ. ބޭންކްގެ ހެޑް އޮފީހާއި އަތޮޅުތަކުގައި 1000 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރޭ. ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކުގައި އެކަންޏެއް ނޫން، ސަރުކާރުން ރައްޔިތުންނަށް ފަހިކޮށްދޭ މާލީ ފުރުސަތުތަކުގައި ވެސް މި ބޭންކުން ދަނީ އެހީތެރިވަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.