13 ޖެނުއަރީ 2023 - 19:27

ލޮސް އެންޖެލިސް (ޖެނަުއރީ 13) - ރޮކް އެންޑް ރޯލް ޖޯންރާގެ ލަވަތަކަށް ދުނިޔޭގައި ސަމާލުކަން ހުއްޓުވާލި އެމެރިކާގެ ކުރީގެ ލަވަކިޔުންތެރިޔާ އެލްވިސް ޕްރެސްލީގެ ހަމައެކަނި ދަރިފުޅު ލީސަ މެރީ ޕްރެޒްލީ އުމުރުން 54 އަހަރުގައި މަރުވެއްޖެ އެވެ.
ލަވަކިޔުންތެރިޔެއްގެ އިތުރުން ލަވަ ހަދާ ފަންނާނެއްގެ ގޮތުގައި ވެސް މަޝްހޫރުވި ލީސާ އިއްޔެ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ހާޓް އެޓޭކް ޖެހުނު އިރު އޭނާ ހުރީ ގޭގަ އެވެ.
ލިސާ މަރުވިކަން އިއުލާން ކުރީ އޭނާގެ މަންމަ އަދި އެލްވިސްގެ ކުރީގެ އަންހެނުން ޕްރިސިލާ ޕްރެސްލީ އެވެ.
"އަހަރެން ހިތާމައާ އެކު މި އިއުލާން ކުރަނީ އަހަރެންގެ ދަރިފުޅު މަރުވެއްޖެކަން. އަހަންނަށް މިހާތަނަށް ފެނުނު އެންމެ ހިތްވަރުގަދަ އަންހެނަކީ ލީސަ މެރީ،" ހޮލީވުޑް ފިލްމް އިންޑަސްޓްރީގައި ވެސް މަޝްހޫރުކަން ހޯދި ޕްރިސިލާ ބުންޏެވެ.
އެލްވިސްގެ އުމުރުން 42 އަހަރުގައި އޭނާ ވެސް މަރުވީ ހިތުގެ މައްސަލައެއްގައި ކުއްލިއަކަށެވެ. އޭރު ލިސްގެ އުމުރުން ނުވަ އަހަރެވެ.