ޖޯން އާއި ކްރިސީގެ ތިން ވަނަ ދަރިފުޅު އާންމުންނަށް ދައްކާލައިފި
ޖޯން އާއި ކްރިސީގެ ތިން ވަނަ ދަރިފުޅު އާންމުންނަށް ދައްކާލައިފި

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯން ލެޖެންޑް އާއި އޭނާގެ އަންހެނުން ކްރިސީ ޓީގަންގެ ތިން ވަނަ ދަރިފުޅުގެ ފޮޓޯ ސޯޝަލް މީޑިއާގައި ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.

މި މަހު 13 ވަނަ ދުވަހު އުފަންވި އަންހެން ކުއްޖާގެ އިތުރުން އުމުރުން 6 އަހަރުގެ އަންހެން ދަރިއަކާ 4 އަހަރުގެ ފިރިހެން ދަރިއެއް އެ ދެމަފިރިންގެ ތިބެ އެވެ.

ޖޯން އާއި ކްރިސީގެ އާ ދަރިފުޅުގެ ފޮޓޯއެއް އެ މީހުން ވަނީ ބުރާސްފަތި ދުވަހު އިންސްޓަގްރާމުގައި ހިއްސާކޮށްފަ އެވެ. އެ ކުއްޖާ އަށް ކިޔަނީ އެސްޓީ މެކްސީން ސްޓެފެން އެވެ. އެއީ ޖޯން ގެ އަސްލުން ނަން، ޖޯން ސްޓެފަންއާ ގުޅުވައިގެންނެވެ.

އެ ދެމަފިރިންގެ ދޮށީ ދަރިން، ލޫނާ އާއި މައިލްސް، ކޮއްކޮ ހިފަހައްޓައިގެން އިން ފޮޓޯއަކާ އެކު ކްރިސީގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި އޭނާ ވަނީ އެސްޓީއާ އެކު އެންމެން ވެސް ތިބީ ވަރަށް އުފަލުން ކަމަށް ބުނެފަ އެވެ.

"އެސްޓީ އައުމާއެކު މުޅި ގޭތެރެ ވަނީ ލޯތްބާއި އުފަލުން ފުރިފައި" ޖޯން ބުންޏެވެ.

ކްރިސީގެ ހިތްވަރުގަދަ ކަމާއި، ލޫނާ އަދި މައިލްްސް އެ ކުދިންގެ ކޮއްކޮ އަށް ދޭ ލޯތްބާ މެދު ހިތްހަމަ ޖެހޭ ކަމަށް އޭނާ ބުނެފައިވެ އެވެ.