17 ޖެނުއަރީ 2017 - 08:30

ހަނދުގައި އެންމެ ފަހުން ހިނގި މީހާ ކަމަށްވާ ޔޫޖީން ސާނަން، އުމުރުން 82 އަހަރުގައި މަރުވެއްޖެ އެވެ.

ހަނދަށް ދެ ފަހަރަށް ދިޔައީ އެންމެ ތިން މީހުން ކަމަށް ވާއިރު ސާނަން އަކީ އޭގެ ތެރެއިން އެކަކެވެ. އަދި އޭނާ އަކީ ހަނދުގައި އެންމެ ފަހުން ހިނގި މީހާ އެވެ. އެއީ 1972 ވަނަ އަހަރު އެވެ.

ސާނަން ހަނދުގައި އެންމެ ފަހުން ބުނި އިބާރާތަކީ "އަހަރެމެން އައި ގޮތަށް، އެނބުރި މި ދަނީ. އުންމީދަކީ އިންސާނުންނަށް އަމާންކަމާއި އުންމީދާ އެކު އެނބުރި ދިއުން" އެވެ.
ސާނަން އެންމެ ފަހުން ހަނދަން ދިޔައީ އެޕޯލޯ 17ގެ ކޮމާންޑަރެއްގެ ގޮތުގަ އެވެ.
މިހާތަނަށް ހަނދަން ގޮސްފައި ވަނީ އެންމެ 12 މީހުން ކަމަށް ވާއިރު އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ ހަ މީހެކެވެ.
ސާނަންގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ އޭނާ މަރުވީ ސިއްހީ އެކި މައްސަލަތަކަށް ފަރުވާ ހޯދަމުން ގެންދާތާ ދުވަސްތަކެއް ފަހުން ކަމަށެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އުމުރުން 82 އަހަރުގައި ވެސް ސާނަން އަކީ ޖައްވީ ހޯދުންތަކަށް ޝައުގުވެރިކަން ހުންނަ މީހެއް ކަމަށެވެ. މި ރޮނގުން އެމެރިކާއަށް ކުރިއެރުން ހޯދައިދޭން ގައުމުގެ ވެރިންގެ ކިބައިން ކާނަން އެދޭ ކަމަށާއި އޭނާ އަކީ ހަނދުގައި އެންމެ ފަހުން ހިނގި މީހާ ގެ ގޮތުގައި ދޫކޮށް ނުލުމަށް ގައުމުގެ ޒުވާނުންގެ ކިބައިން އެދޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އެޕޯލޯ 17ގެ މިޝަންގައި ޖައްވަށް ދިއުމުގެ ކުރިން ވެސް ސާނަން ދެ ފަހަރަކު ޖައްވަށް ދިޔަ އެވެ.
ސާނަން ރިޓަޔާކޮށްފައި ވަނީ 1976 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ އުޅުނީ އަމިއްލަ ވިޔަފާރީގެ ތެރޭގަ އެވެ.