މާގިރި ހޮޓެލްގެ ޕީކް ރެސްޓޯރަންޓުން އާ ރަހަތަކެއް
މާގިރި ހޮޓެލްގެ ޕީކް ރެސްޓޯރަންޓުން އާ ރަހަތަކެއް

މާގިރި ހޮޓެލްގެ ރޫފްޓޮޕްގައި ހުންނަ "ޕީކް" ރެސްޓޯރަންޓުގެ މެނޫ އާކޮށް، އާ ޑިޝްތަކެއް ތައާރަފް ކޮށްފި އެވެ.

މާގިރި ހޮޓެލްގެ ޕީކް ރެސްޓޯރަންޓުން އާ ރަހަތަކެއް
މާގިރި ހޮޓެލްގެ ޕީކް ރެސްޓޯރަންޓުން އާ ރަހަތަކެއް

އެ ޑިޝްތައް ތައާރަފްކޮށްފައި ވަނީ ދިވެހިންގެ މެދުގައި މަޝްހޫރު ބައެއް ފުޑް ބްލޮގަރުންނާއި ކްރިޓިކުންނަށް ހާއްސަކޮށް ބުދަ ދުވަހުގެ ރޭ ބޭއްވި ފުޑް ޓޭސްޓިން އިވެންޓަކާ އެކު އެވެ.

އެ ހޮޓެލުން ބުނި ގޮތުގައި އެ އިވެންޓަށް ބޮޑު ތަރުހީބެއް ލިބުނެވެ. އަދި އެ އިވެންޓުގެ ބައިވެރިންނަށް އަލަށް ތައާރަފުކުރި ރަހަތައް ވަރަށް ކަމުދިޔަ ކަމަށް އެ ހޮޓެލުން ބުންޏެވެ.

އެ އިވެންޓުގެ އިތުރުން އެރޭ ލައިވް މިޔުޒިކާއި ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓެއް ވަނީ ދީފަ އެވެ.

"ޕީކް" ރެސްޓޯރެންޓަށް ތައާރަފްކުރި އާ މެނޫގައި އޮތެންޓިކް އިންޑިއަން ފުޑްއަށް ހާއްސަ ޑިޝްތަކެއް އިތުރުކޮށްފައިވާނެ ކަމަށް އެ ހޮޓެލުން ބުނެ އެވެ. އަދި އިންޓަނޭޝަނަލް މެނޫގައި ވެސް އާ ރަހަތަކެއް ހިމެނޭ ޑިޝްތަކެއް ހުންނާނެ ކަމަށާއި، އެ ރެސްޓޯރެންޓުގެ ޑިޝްތަކަކީ ރަހަތަކަކީ އޮތެންޓިކް ރަހަތައް ނުގެއްލޭ ގޮތަށް ދިވެހިންނާ ގުޅޭނެހެން ތައްޔާރު ކޮށްފައިވާ ޑިޝްތަކެއް ކަމަށް ވެސް ބުންޏެވެ.

އަލަށް ތައާރަފް ކުރި މެނޫގައި އާ ބައެއް އެޕަޓައިޒާ، ސެލެޑް އަދި ސިއްހަތަށް ފައިދާ ހުރި މެއިން ޑިޝްތަކެއް ވަނީ ތައާރަފް ކޮށްފަ އެވެ.

"ޕީކް" ރެސްޓޯރަންޓުން އަލަށް ތައާރަފު ކުރި މެނޫގައި ހިމެނޭ ޑިޝްތަކުގެ ރަހަތައް ތަޖުރިބާ ކުރެވޭނެ އެވެ. އެ ރެސްޓޯރަންޓު ހުޅުވާފައި ހުންނާނީ ހަވީރު 4 އިން ދަންވަރު 12 އަށެވެ.