"ބްރިޖަޓަން" ގެ އެކްޓްރެސް ފީބީ، ތިން ވަނަ ސީޒަނުގައި ނޫޅޭނެ
"ބްރިޖަޓަން" ގެ އެކްޓްރެސް ފީބީ، ތިން ވަނަ ސީޒަނުގައި ނޫޅޭނެ

ނެޓްފްލިކްސްގެ ގިނަ ރެކޯޑުތަކެއް މުގުރާލި، "ބްރިޖަޓަން" ގެ ތިން ވަނަ ސީޒަންގައި، އެ ޝޯގެ ޑޭފްނީ ބްރިޖަޓަންގެ ރޯލުން ފެނުނު ފީބީ ޑިނަވޯ ނުފެންނާނެ ކަމަށް އޭނާ ބުނެފި އެވެ.

"ބްރިޖަޓަން" ގެ އެކްޓްރެސް ފީބީ، ތިން ވަނަ ސީޒަނުގައި ނޫޅޭނެ
"ބްރިޖަޓަން" ގެ އެކްޓްރެސް ފީބީ، ތިން ވަނަ ސީޒަނުގައި ނޫޅޭނެ

އެ ސީރީޒްގެ ފުރަތަމަ ސީޒަންގެ މެއިން ކެރެކްޓާގެ ބައި، އަދި ދެވަނަ ސީޒަންގެ ސަޕޯޓިން ރޯލަކުން ފެނުނު ފީބީ، ވެރައިޓީ ނޫހަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނަ އަށް ވާ ދެ ސީޒަންގައި މިހާރު މަސައްކަތް ކުރެވިއްޖެ ކަމަށެވެ.

"ބްރިޖަޓަން" ގެ އެކްޓްރެސް ފީބީ، ތިން ވަނަ ސީޒަނުގައި ނޫޅޭނެ
"ބްރިޖަޓަން" ގެ އެކްޓްރެސް ފީބީ، ތިން ވަނަ ސީޒަނުގައި ނޫޅޭނެ

"އަހަރެން އެ ކެރެކްޓާ (ޑޭފްނީ) އާ އެކު ކުރަން ބޭނުންވި ކަންތައް ކޮށްފިން،" ފީބީ ބުންޏެވެ.

ކުރިމަގުގައި ޝޯ އަށް އެނބުރި އަންނަން ބުނެފި ނަމަ ވާނެ ގޮތެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"ސްކްރީންރޭންޓް" އަށް ދިން އިންޓަވިއުގައި ފީބީ ބުނީ ސީޒަން ތިނެއްގައި ނުފެނަސް، މުސްތަގުބަލުގައި އެ ޝޯއިން ފެނުން އެކަށީގެންވާ ކަމަށެވެ.

"ސީޒަން ތިނެއް ދެން ބެލުންތެރިއެއްގެ ގޮތުގައި ހިތްހަމަޖައްސާލާނީ." ފީބީ ބުންޏެވެ.

ލިޔުންތެރިޔާ ޖޫލިއާ ކުއިންގެ މަޝްހޫރު ފޮތް ސީރީޒްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "ބްރިޖަޓަން" ގެ ކޮންމެ ސީޒަނެއްގައި ބްރިޖާޓަން އާއިލާއާ ގުޅުން ހުރި ތަފާތު ދެ ލޯބިވެރިންނަށް ފޯކަސް ކުރެ އެވެ. ފުރަތަމަ ސީޒަންގައި ފީބީގެ ޑޭފްނީ އާއި ރެގޭ-ޖޯން ޕޭޖްގެ ޑޫކް ސިމަން އަށް އަލިއަޅުވާލިއިރު، ދެ ވަނަ ސީޒަންގައި މައިގަނޑު ފެނުނީ އެންތޮނީ ބްރިޖަޓަން (ޖޯނަތަން ބެއިލީ) އަދި ކޭޓް (ސިމޯން އޭޝްލީ) ގެ ހަޔާތެވެ.

އެ ސީރީޒްގެ ފުރަތަމަ ސީޒަން ޕްރިމިއާ ކުރީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނެރުނު އިރު، ދެ ވަނަ ސީޒަން ނިކުތީ މިދިޔަ އަހަރުގެ މާޗު މަހުގަ އެވެ. އެ ސީރީޒް ވަނީ ރާއްޖޭގައި ވެސް ބޮޑު މަގްބޫލުކަމެއް ހޯދައިފަ އެވެ.