05 ފެބުރުއަރީ 2023 - 10:53

އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ކިންގްސްޓަން އިން ސްކޫޕީ ސައިކަލް ގަންނަ ކަސްޓަމަރުންނަށް 11،899ރ. ގެ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ. އެ ޕްރޮމޯޝަންގެ ދަށުން ސައިކަލު ގަންނަ ކަސްޓަމަރުންނަށް 99 ދުވަސް ތެރޭގައި ކިންގްސްޓަން އިން ސައިކަލު ހަވާލުކޮށްދޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
އެ ޕްރޮމޯޝަނުގައި ލިބެން ހުންނަ ސްކޫޕީ ސައިކަލަކީ ކްލަބް ސްކޫޕީ 12 - 2023 އެވެ. މި ޕްރޮމޯޝަންގެ ދަށުން އެމް ފައިސާ ކަސްޓަމަރުންނަށް އެ ސައިކަލު 47،500ރ. އަށް ލިބޭނެ އެވެ.
އުރީދޫއިން ކިންގްސްޓަންއާ ގުޅިގެން އެފްއެސްއެމް ޕެޓްރޯލް ސްޓޭޝަންތަކުގައި އެމް-ފައިސާ ބޭނުންކުރާ ކަސްޓަމަރުންނަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް ސްކޫޕީ ސައިކަލެއް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެ ލަކީޑްރޯގައި ބައިވެރިވެވޭނީ މެއި މަހުގެ 14ގެ ނިޔަލަށް އެމްފައިސާ މެދުވެރިކޮށް ޕެޓްރޯލް ޝެޑަށް ފައިސާ ދައްކާ ކަސްޓަމަރުންނަށެވެ.
އެކި ބްރޭންޑުތަކުގެ ސައިކަލު ވިއްކާ ކިންގްސްޓަން އިން ކޮންމެ މަހެއްގެ ފުރަތަމަ 10 ދުވަހު ސްކޫޕީ ސައިކަލަށް ހާއްސަ ޑިސްކައުންޓުތަކެއް އަންނަނީ ދެމުންނެވެ.