މާމަގެ ހަނދާންތަކުގެ ވާހަކަ ޝިފާއު ކިޔައިދިނީ އަސަރުގަދަ ލަވަޔަކުން!
މާމަގެ ހަނދާންތަކުގެ ވާހަކަ ޝިފާއު ކިޔައިދިނީ އަސަރުގަދަ ލަވަޔަކުން!

އެއީ މާމަގެ ހަނދާންތަކެވެ. މާމަގެ ލޯތްބާއި އަޅާލުމުގެ ވާހަކަ އެެވެ. ލޯބި ފިރުމުންތަކައި ދޭ ހެޔޮ ނަސޭހަތްތަކާއި ހިތްވަރުގެ ބަސްތަކުގެ ވާހަކަ އެވެ.

މާމަގެ ހަނދާންތަކުގެ ވާހަކަ ޝިފާއު ކިޔައިދިނީ އަސަރުގަދަ ލަވަޔަކުން!
މާމަގެ ހަނދާންތަކުގެ ވާހަކަ ޝިފާއު ކިޔައިދިނީ އަސަރުގަދަ ލަވަޔަކުން!

މި ހުރިހާ ވާހަކައެއް 22 އަހަރުގެ ޒުވާން ލަވަކިޔުންތެރިޔާ މުހައްމަދު ޝިފާއު މި ހުށަހައިދިިނީ ލަވައެއްގެ ސިފައިގަ އެވެ. އަސަރުން ފުރިފައިވާ މި ލަވަ ރިލީޒް ކުރީ މީގެ ތިން ދުވަސް ކުރިންނެވެ.

މާމަގެ ހަނދާންތަކުގެ ވާހަކަ ޝިފާއު ކިޔައިދިނީ އަސަރުގަދަ ލަވަޔަކުން!
މާމަގެ ހަނދާންތަކުގެ ވާހަކަ ޝިފާއު ކިޔައިދިނީ އަސަރުގަދަ ލަވަޔަކުން!

ޝިފާއު "މިހާރު" އަށް ކިޔައިދިން ގޮތުގައި މި ލަވައަކީ އޭނާ އަށް ވަރަށް ހާއްސަ ލަވައެކެވެ. އެއީ މާމަގެ ހަނދާނުގައި ޝިފާއުގެ ބައްޕަ ފުރަތަަމަ ހެދި ލަވައަށް ވާތީ އެވެ.

"ބައްޕަ ވިއްސަކަށް އަހަރު ކުރިން ހަދާފައި އޮތް ލަވައެއް މިއީ. އެކަމަކު ޅެން އޮތީ ގެއްލިފައި. އެހެންވީމާ އެންމެ ކަޑިއަކާ މައިގަނޑާ ފިޔަވައި ދެން އެ ހުރީ އަޅުގަނޑު އަމިއްލައަށް ހަދާފައި ހުރި ކަޑި،" ޝިފާއު ކިޔައިދިނެވެ.

މި ލަވައަކީ ޝިފާއުގެ އަމިއްލަ ލިިރިކްސްއަކަށް އޭނާ ކީ ފުރަތަމަ ލަވަ އެވެ. އަމިއްލަ އިހުސާސްތައް ބަޔާންކޮށްދީ ހަދައިފައިވާ މި ލިރިކްސްއާ މެދު ޝިފާއު ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފަ އެވެ.

"އެދެނީ ބައްދަލުވުން ޖަންނަތުގައި

ލޯބިން ބޮސްދޭން މާމަގެ އަތުގައި

ހިނދުކޮޅަކަށް ނަމަވެސް ކައިރީގައި

ހުރެލަން އެދެމޭ މަހުޝަރު ބިމުގައި،"

ޝިފާއުގެ ލަވައިގައި ވަނީ މާމަގެ ވަކިވުމާ އެކު ކުރެވުނު ހިތްދަތި އިހުސާސް ވަރަށް ރަނގަޅަށް ކިޔައިދީފަ އެވެ. އެއީ އޭނާގެ މާމަގެ ހަނދާނަށްޓަކައި އަޑުއެހުންތެރިންނަށް ދޫކޮށްލާ ހަދިޔާއެކެވެ.

"ވަރަށް ރަނގަޅު އާންމުންގެ ކޮމެންޓުތައް. ދެން ލަވައިގެ ގޮތުން ވަރަށް ގިނަ ބަޔަކަށް ހިޓްވާނެ ކަހަލަ ލަވައެއްހެން ހީވަނީ. އުންމީދުކުރަނީ އަޑުއެހުންތެރިންނަށް ކަމުދާނެ ކަމަށް،" ޝިފާއު ބުންޏެވެ.

ގާތްގަނޑަކަށް 15 ދުވަހުގެ މަސައްކަތުން ނިންމާލި މި ލަވަ މިހާރު ސައުންޑް ކްލައުޑުން އަޑުއަހައި ލެވޭނެ އެވެ. ލަވައިގެ ވީޑިއޯ އެއް ވެސް ހަދަން ވަނީ ނިންމާފަ އެވެ.

"މަންމަ" ލަވައިން، ލަވަކިޔުމުގެ ދާއިރާއިން ވިދާލި ޝިފާއުގެ އެންމެ ހިޓުވި ލަވައަކީ “ޔާރާ” އެވެ. އެ ލަވަ މިހާރު ފަސް ލައްކައާ ގާތްކުރާ އަދަދަކަށް މީހުން ވަނީ އަޑު އަހައިފަ އެވެ. އޭނާގެ އިތުރު ލަވަތަކުގެ ތެރޭގައި “އެކަމެއް ނުވިޔޭ”، “ޝަކުވާގެ ސަރިންދާ” އަދި “ރޫހީ އުފާ” ހިމެނެ އެވެ.