18 ފެބުރުއަރީ 2023 - 06:30

ކާބުލް (ފެބްރުއަރީ) - ދަރިމައިވުން ހުއްޓުވުމަށް ބޭނުން ކުރާ ބޭސް ވިއްކުމާއި ބޭނުންކުރުން އަފްޣާނިސްތާނުގައި މަނާކޮށްފި އެވެ.
އެ ގައުމުގެ ވެރިކަމުގެ ބާރުތައް މިހާރު ކޮންޓްރޯލްކުރާ ތޯލިބާނުން ވަނީ އެ ގައުމުގެ ދެ ސިޓީއެއްގެ ބޭސް ފިހާރަތަކަށް ގޮސް އެ ތަންތަނުގައި ހުރި، ދޭތެރެދުރުކުރާ ބޭހާއި އެފަދަ ބާވަތްތައް ނަގަން އަންގައިފަ އެވެ.
"އެމީހުން އަހަރެމެންގެ ފިހާރަ އަށް ދެ ފަހަރު އައި. ކާބުލްގެ ކޮންމެ ބޭސްފިހާރައެއް ގަވާއިދުން ޗެކް ކުރަމުން އެބަދޭ. އަހަރެމެން މިވަނީ އެ އުފެއްދުންތައް ވިއްކުން ހުއްޓާލާފައި،" ބަޑި ހިފައިގެން ތިބި ދެމީހުން އައިސް އެއްޗިހި ނުވިއްކަން އެނގިކަން ހާމަކޮށް ބޭސް ފިހާރައެއްގެ ވެރިޔަކު ބުންޏެވެ.
ފޫޅުމައެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކު ބުނީ އާބާދީ ކޮންޓްރޯލް ކުރުމާ ބެހޭގޮތުން މައުލޫމާތު ދީ އެކަންކަން ޕްރަމޯޓްކުރަން ތަންތަނަށް ދިއުމުގެ ހުއްދަ އޭނާ އަށް ނެތް ކަމަށް ތާލިބާނުންގެ ކޮމާންޑަރަކު އޭނާ އަށް އެންގި ކަމަށެވެ.
ކާބުލް އާއި މަޒާރު ޝަރީފްގެ އެހެން ފާމަސިސްޓުން ވަނީ ދަރިމައިވުން ހުއްޓުވުމަށް އެއްވެސް ބޭހެއް ސްޓޮކް ނުކުރުމަށް އަންގާފައިވާކަން ކަށަވަރުކޮށް ދީފަ އެވެ.
މިދިޔަ އަހަރުން ފެށިގެން ކޮލެޖްތަކާއި ޔުނިވަސިޓީތަކުގެ ދޮރު އަފްޣާންގެ އަންހެނުންނަށް ބަންދުކޮށްފައިވާ ތާލިބާނުން ބުނީ ދޭތެރެދުރުކުރާ ބޭހަކީ އަންހެނުންގެ ސިއްހަތައް ގެއްލުން ހުރި އެއްޗެހި ކަމަށާއި އެ ބޭސްތައް މަނާ ކުރީ އެހެންވެ ކަމަށެވެ.
އޯގަސްޓް 2021 ފެށިގެން އަގްފާނިސްތާނުގެ ވެރިކަމުގެ ބާރުތައް ކޮންޓްރޯލް ކުރަމުން ދަނީ ތާލިބާނުންނެވެ.