ގާސިމްގެ ސްޕެޝަލް އެޑްވައިޒަރަކަށް ޖިހާދު، ހަތަރު އެޑްވައިޒަރުން
ގާސިމްގެ ސްޕެޝަލް އެޑްވައިޒަރަކަށް ޖިހާދު، ހަތަރު އެޑްވައިޒަރުން

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރަކަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ރޭ އައްޔަންކޮށްފި އެވެ.

ގާސިމްގެ ސްޕެޝަލް އެޑްވައިޒަރަކަށް ޖިހާދު، ހަތަރު އެޑްވައިޒަރުން
ގާސިމްގެ ސްޕެޝަލް އެޑްވައިޒަރަކަށް ޖިހާދު، ހަތަރު އެޑްވައިޒަރުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ފަހުން ނައިބު ރައީސްކަން ކުރެއްވި ޖިހާދަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުކަން ދެއްވީ ޖޭޕީގެ ކޮންގްރެސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

ގާސިމްގެ ފިނޭންސް މިނިސްޓަރުކަމުގައި އޭރު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި ޖިހާދަށް ސްޕެޝަލް އެޑްވައިޒަރުކަން ދެއްވިއިރު، ގާސިމް ވަނީ އޭނާގެ އެޑްވައިޒަރު ކަމަށް ވެސް ވެސް ހަތަރު ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ.

އެއީ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ދެ މެމްބަރުން ކަމަށްވާ އިލްހާމް އަހުމަދާއި ރިޔާޒް ރަޝީދާއި ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އަޒްލީން އަހުމަދު އަދި ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅުގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒެވެ. މީގެ ތެރެއިން އިލްހާމާއި ރިޔާޒް ރަޝީދު މީގެ ކުރިން ވެސް ތިއްބެވީ ގާސިމްގެ އެޑްވައިޒަރުންގެ ގޮތުގަ އެވެ.

ޖޭޕީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ގާސިމް ވަނީ އެ ބޭފުޅުންނާ އެޑްވައިޒަރުކަމުގެ ލިޔުން ހަވާލު ކުރައްވައިފަ އެވެ.

ގާސިމްގެ އެޑްވައިޒަރުންނަށް އައްޔަން ކުރައްވާ ބޭފުޅުން ޖޭޕީގެ ކައުންސިލްގައި ވެސް ތިއްބަވާނެ އެވެ.