ރޯދަމަހަށް އެލިއާ ސްޓޯރުން "އަހްލަން ޔާ ރަމަޟާން" ޕްރޮމޯޝަން
ރޯދަމަހަށް އެލިއާ ސްޓޯރުން "އަހްލަން ޔާ ރަމަޟާން" ޕްރޮމޯޝަން

މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށް ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭ "އަހްލަން ޔާ ރަމަޟާން"ގެ ނަމުގައި އެލިއާ ސްޓޯރުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަނުގެ ދަށުން ކަނޑައަޅާފައިވާ ވަކި ޕްރޮޑަކްޓްތަކަކަށް 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި އެލިއާ ސްޓޯރުން އޮތޮރައިޒްޑްކޮށް ވިއްކާ "ޓޯޓަލް ޓޫލްސް"ގެ ޕްރޮޑަކްޓްތަކުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

އެލިއާ ސްޓޯރުގެ އެ ޕްރޮމޯޝަނުގައި 500ރ. އިން މަތީގެ ވިޔަފާރި ކުރާ ކަސްޓަމަރުންނަށް އަގުހުރި ހާއްސަ އިނާމުތަކެއް ވަގުތުން ލިބޭނެ އެވެ.

ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ މަހުގެ 23ގެ ނިޔަލަށެވެ.

އެލިއާ ސްޓޯރުން ވިއްކާ "ޓޯޓަލް ޓޫލްސް" ބްރޭންޑަކީ ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ ޕަވާ ޓޫލްސް ބްރޭންޑެކެވެ. އެލިއާ އިން ބިލްޑިން މެޓީރިއަލްސް އާއި ޕަވާ ޓޫލްސް އަދި ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ އެކި އަލާތްތައް ލިބެން ހުރެ އެވެ.