ވަގަށް އާލިއާގެ ފޮޓޯ ނެގި މައްސަލާގައި ގާނޫނީ ފިޔަވަޅު އަޅަނީ
ވަގަށް އާލިއާގެ ފޮޓޯ ނެގި މައްސަލާގައި ގާނޫނީ ފިޔަވަޅު އަޅަނީ

ދާދި ފަހުން އިންޑިއާގެ މީޑިއާއަކަށް ނިސްބަތްވާ ޕަޕަރާޒީންތަކެއް، އާލިއާ ބަޓް ގޭގައި އުޅެނިކޮށް، ވަގަށް ފޮޓޯ ނެގި މައްސަލައިގައި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅަން މަސައްކަތްކުރާނެ ކަމަށް، އޭނާގެ ފިރިމީހާ، ރަންބީރް ކަޕޫރް ބުނެފި އެވެ.

ވަގަށް އާލިއާގެ ފޮޓޯ ނެގި މައްސަލާގައި ގާނޫނީ ފިޔަވަޅު އަޅަނީ
ވަގަށް އާލިއާގެ ފޮޓޯ ނެގި މައްސަލާގައި ގާނޫނީ ފިޔަވަޅު އަޅަނީ

ފަހުގެ އިންޓަވިއުއެއްގައި، ރަންބީރު އެ ކަންތައް ސިފަކޮށްފައި ވަނީ ވަރަށް "ހުތުރު" ކަމެއްގެ ގޮތުގަ އެވެ.

"އެއީ ޕްރައިވަސީ އަށް އަރައިގަތުން. އަހަރެންގެ ގޭތެރޭގެ ފޮޓޯއެއް އެހެނެއް ނުނެގޭނެ. ކޮންމެ ފަދަ ކަމެއް ވެސް ގޭތެރޭގައި ހިނގައިދާނެ. އެއީ ވަރަށް ދެރަ ކަމެއް. މިހާރު މިދަނީ ގާނޫނީގޮތުން މިކަން ކުރަން ޖެހޭ ރަނގަޅު ގޮތުގައި ކުރަމުން. އެއީ ވަރަށް ވެސް ހުތުރު ކަމެއް،" ރަންބީރް ބުންޏެވެ.

ރަންބީރް ބުނީ ޕަޕަރާޒީންނަށް އިހުތިރާމް ކުރާ ކަމަށާއި އެކަމަކު، މިފަދަ ކަންކަން ދިމާވުމުން، އެ ބަޔަކާ މެދު ލަދުގަންނަ ކަމަށެވެ.

އާލިއާގެ އިންސްޓަގްރާމުގައި އެ ފޮޓޯތައް ޝެއާކުރަމުން ބުނީ އެއީ ވަަރަށް ހަޑި މުޑުދާރު އަމަލެއް ކަމަށާއި، ހުރަސް ކުރަން ނުވާ ހުރިހާ ރޮނގެއް އެ މީހުން ހުރަސްކޮށްފައިވާ ކަމަށެވެ.

އެ އަމަލު ކުށްވެރިކޮށް، އާލިއާގެ ދިފާއުގައި ބޮލީވުޑްގެ ވަރަށް ގިނަ ސެލެބްރިޓީން ވަނީ އަޑުއުފުލައިފަ އެވެ. އޭގެ ތެރޭގައި އަނުޝްކާ ޝަރްމާ އާއި އަރްޖުން ކަޕޫރާއި ޖާންވީ ކަޕޫރުގެ އިތުރުން ކަރަން ޖޯހަރް ފަދަ މީހުން ހިމެނެ އެވެ.