13 މާޗް 2023 - 08:25

މާލޭ ގެއެއްގެ ފަސް ވަނަ ފްލޯ އިން ވެއްޓުނު އުމުރުން ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ރޭ މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ހެންވޭރު ގެއެއްގެ ފަސް ވަނަ ފްލޯ އިން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން ރޭ 12:20 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ކުއްޖާ އަށް އޭޑީކޭ ހޮސްޕިޓަކުން ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.