09 ޖޫން 2016 - 14:33

އެމްޓީސީސީން ރޯދައަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ "ސުޒުކީ ފޯރި" ޕްރޮމޯޝަންގައި ބައިވެރިވެގެން 15 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ޕްރޮމޯޝަން ފަށަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ މި އަހަރުގެ "ސުޒުކީ ފޯރި" ކުރިއަށް ގެންދާނީ ޔޫރޯ ކަޕާ ވެސް ގުޅުވާލައިގެން ކަމަށެވެ.
އަންނަ މަހުގެ 15 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ސުޒުކީ އިންޖީނުން 15 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ވެސް ލިބޭނެ އެވެ.
"ކުރީ އަހަރުތަކާ އެއްގޮތަށް މި އަހަރުގެ ވެސް މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ ރޯދައާ ދިމާކޮށް އިންޖީނު ގަންނަ ފަރާތްތަކަށް ލުއި އަގެއްގައި ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުން. މި ޕްރޮމޯޝަން ޓާގެޓް ކޮށްފައި ވަނީ ވަގުތުން ފައިސާ ދައްކައިގެން އިންޖީނު ގަންނަ ކަސްޓަމަރުންނަށް،" ހަލީމް ވިދާޅުވި އެވެ.
މި ޕްރޮމޯޝަންގެ ދަށުން 2.5 ހޯސްޕަވަރުން ފެށިގެން 300 ހޯސްޕަވަރާ ދެމެދުގެ އިންޖީނުތަކުން ޑިސްކައުންޓް ލިބެ އެވެ.