މާގިރި ހޮޓެލްގެ ރޯދަވީއްލުމުން ފުރަތަމަ ހަފްތާގައި ޑިސްކައުންޓް
މާގިރި ހޮޓެލްގެ ރޯދަވީއްލުމުން ފުރަތަމަ ހަފްތާގައި ޑިސްކައުންޓް

މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި މާގިރި ހޮޓެލްގެ ރޯދަ ވީއްލުމުން 15 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ ކަމަށް އެ ހޮޓެލުން ބުނެފި އެވެ.

މާގިރި ހޮޓެލް އިން ބުނި ގޮތުގައި މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން އެ ހޮޓެލްގެ ރެސްޓޯރަންޓަށް ހާއްސަ ތިން މެނޫއެއް ވަނީ ތައާރަފްކޮށްފަ އެވެ. އެ ތިން މެނޫ އަކީ ހަފްތާގެ އެކި ދުވަސްތަކަށް ބަހާލާފައިވާ ތިން މެނޫއެކެވެ. މާގިރިން ބުނީ މި މެނޫތަކުގައި ހިމަނާފައި ވާނީ ކަސްޓަމަރުންގެ މެދުގައި މަގުބޫލް އެކި ޑިޝްތައް ކަމަށެވެ.

މާގިިރި ހޮޓެލް އިން ބުނި ގޮތުގައި "އިފްތާރް މެނޫ" އިން ކޮންމެ ދުވަހަކު ވެސް އެކި ވައްތަރުގެ ހެދިކާ، މަސްހުނި އަދި ޖޫހާއި ސެލެޑު ވެސް ލިބޭނެ އެވެ. މެއިން ޑިޝްގެ ގޮތުގައި އެ ތަނުން ކަސްޓަމަރުންގެ މެދުގައި މަގުބޫލު އިންޑިއަން ޑިޝްތަކާއި އެހެނިހެން ކޮންޓިނެންޓަލް ޑިޝްތައް ހިމަނާފައިވާ ކަމަށް ބުންޏެވެ.

މި ރޯދަ މަހު ރޯދަ ވީއްލުމަށް ހަދާ ބުކިންތަކުން 10 މީހުންނަށް ބުކިން ހަދައިފި ނަމަ 11 ވަނަ މީހާގެ ރޯދަ ވީއްލުން އެތަނުން ހިލޭ ލިބޭނެ އެވެ. އަދި ފަސް އަހަރުން ދަށުގެ ކުދިންނަށް ހިލޭ ރޯދަ ވީއްލުން ލިބޭނެ ކަމަށާއި 6 އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިންނަށް 50 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ ކަމަށް ވެސް ބުންޏެވެ.

މާގިރި ހޮޓެލް އިން ބުނި ގޮތުގައި އެ ތަނުން ތަރާވީހަށް ކާން ދާން މީހުންނަށް ކަމުދާނެ ގިނަ ތަކެތި މެނޫއިން ލިބޭނެ އެވެ.