"ހޫލޫ" އިން ގެނެސްދޭ ރިއަލިޓީ ޝޯ "ދަ ކާޑޭޝިއަންސް" ގެ ތިން ވަނަ ސީޒަންގެ ޓްރެއިލާ ދައްކާލައިފި އެވެ.

މަޝްހޫރު ރިއަލިޓީ ޝޯ "ކީޕިން އަޕް ވިތު ދަ ކާޑޭޝިއަންސް" ގެ 20 ސީޒަނަށް ފަހު ކާޑެޝިއަން-ޖެނާ އާއިލާގެ ދިރިއުޅުމަށް ހާއްސަކޮށް "ހޫލޫ" އިން އުފެއްދި "ދަ ކާޑޭޝިއަންސް" ގެ ފުރަތަމަ ސީޒަން ޕްރިމިއާ ކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ.

"ކީޕިން އަޕް ވިތު ދަ ކާޑޭޝިއަންސް" އާ އެއްފަދައިން، އާ ސީރީޒްގައި ވެސް ގެނެސްދޭނީ، ކްރިސް ޖެނާ އާއި އޭނާގެ ދަރިން ކަމަށްވާ، ކިމް އާއި ކްލޯއީ އަދި ކޯޓްނީ ކާޑޭޝިއަން އާއި ކައިލީ އަދި ކެންޑަލް ޖެނާގެ އިތުރުން ކްރިސްގެ 12 މާމަ ދަރިންނެވެ.

އޭގެ އިތުރުން، މި ސީރީޒްގައި އެ މީހުންގެ މިހާރުގެ އަދި ކުރީގެ ބައެއް ބައިވެރިންނާއި، މުނިފޫހިފިލުވުމުގެ ދާއިރާގެ ރައްޓެހިންގެ ފެނިލުންތައް ވެސް ހިމެނެ އެވެ.

"ދަ ކާޑޭޝިއަންސް" ގެ ދެވަނަ ސީޒަން ޕްރިމިއާ ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އަދި ތިން ވަނަ ސީޒަން ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ.