މުޅި ދުނިޔެއިން ވެސް ނެހާގެ ފެވަރިޓް ގައުމަކީ ރާއްޖެ
މުޅި ދުނިޔެއިން ވެސް ނެހާގެ ފެވަރިޓް ގައުމަކީ ރާއްޖެ

މުޅި ދުނިޔެއިން ވެސް އެންމެ ގަޔާވާ މަންޒިލަކީ ދިވެހިރާއްޖެ ކަމަށް، އިންޑިއާގެ އެކްޓްރެސް ނެހާ ދޫޕިޔާ ބުނެފި އެވެ.

މުޅި ދުނިޔެއިން ވެސް ނެހާގެ ފެވަރިޓް ގައުމަކީ ރާއްޖެ
މުޅި ދުނިޔެއިން ވެސް ނެހާގެ ފެވަރިޓް ގައުމަކީ ރާއްޖެ

ދާދި ފަހުން، ފިރިމީހާ އަންގަދް ބެދީ އާއި ދެ ދަރިންނާ އެކު ޗުއްޓީ ހޭދަކޮށްލަން ރާއްޖެއައިސް ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމުގައި ޝެއާ ކުރަމުން ލިޔެފައިވަނީ ހުރިހާ ކަމެއް ރަނގަޅު ކަމުގެ އިހްސާސްކުރެވޭ [ރާއްޖެ] އަށް ގެންގޮސްދޭން އެދޭ ކަމަށެވެ.

މުޅި ދުނިޔެއިން ވެސް ނެހާގެ ފެވަރިޓް ގައުމަކީ ރާއްޖެ
މުޅި ދުނިޔެއިން ވެސް ނެހާގެ ފެވަރިޓް ގައުމަކީ ރާއްޖެ

ނެހާ އާއި އާއިލާ ރާއްޖެ އައިސް ތިބީ ޑައިމަންޑްސް ތުނޑުފުށި ރިސޯޓުގަ އެވެ.

އޭނާ ވަނީ ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގައި ނަގާފައިވާ ގިނަ އަދަދެއްގެ ފޮޓޯ އޭނާގެ އިންސްޓަގްރާމުގައި ޝެއާކޮށްފަ އެވެ.

އެ ފޮޓޯތަކުގެ ތެރޭގައި، ނެހާ އާއި އަންގަދު ވަކިން ނަގާފައިވާ ފޮޓޯތަކާއި، އެ ދެމީހުންގެ ދެ ދަރިންގެ ވެލިގަނޑުގައި ކުޅެން ތިބި ހިތްގައިމު މަންޒަރުތައް ހިމެނެ އެވެ.

ނެހާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ނިކުތް "އަ ތާޒްޑޭ" ފިލްމުގެ އޭސީޕީގެ ރޯލުންނެވެ. އޭނާގެ ފިރިމީހާ އެކްޓަރު އަންގަދު ދެން ފެންނާނީ ސަލްމާން ހާން އަދި ކެޓްރީނާ ކައިފްގެ "ޓައިގާ 3" ފިލްމުންނެވެ.