ކައިލީ އާއި ޓިމޮތީ ރައްޓެހިވެއްޖެ!
ކައިލީ އާއި ޓިމޮތީ ރައްޓެހިވެއްޖެ!

މަޝްހޫރު އިންސްޓަގްރާމް އިންފްލުއެންސާ އަދި ވިޔަފާރިވެރިޔާ ކައިލީ ޖެނާ އާއި އެމެރިކާގެ އެކްޓަރު ޓިމޮތީ ޝެލަމޭ ރައްޓެހިވެއްޖެ އެވެ.

އެ ދެމީހުންނާ ގާތް މީހަކާ ހަވާލާދީ "އެންޓަޓެއިންމެންޓް އޮންލައިން" އިން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

އުމުރުން 25 އަހަރުގެ މޭކަޕް މޯގުލް، ކައިލީ އާއި 27 އަހަރުގެ އޮސްކާ ނޮމިނީ ޓިމޮތީ ރައްޓެހިވި ނަމަވެސް، އެ މީހުންގެ ގުޅުން އަދި އެހާ ސީރިއަސް ނޫން ކަމަށް އެ ނޫހުން ބުންޏެވެ.

މިހާތަނަކަށް އެ ދެމީހުންގެ ތެރެއިން އެކަކުވެސް އެ ގުޅުން އިއުލާނެއް ނުކުރެ އެވެ.

ކައިލީ އާއި ޓިމޮތީ ރައްޓެހިވި ވާހަކަ މި އައީ ކައިލީގެ ކުރީގެ ލޯބިވެރިޔާ ޓްރެވިސް ސްކޮޓާ ރުޅިވިކަން އިއުލާނުކުރިތާ ގާތްގަނޑަކަށް ތިން މަސް ފަހުންނެވެ.