"ދަ ވޯކިން ޑެޑް" ގެ ސްޕިން-އޮފް: މެގީ އާއި ނީގަން އަނެއްކާވެސް ޒޮމްބީތަކާ ދެކޮޅަށް!
"ދަ ވޯކިން ޑެޑް" ގެ ސްޕިން-އޮފް: މެގީ އާއި ނީގަން އަނެއްކާވެސް ޒޮމްބީތަކާ ދެކޮޅަށް!

މަޝްހޫރު ސީރީޒް "ދަ ވޯކިން ޑެޑް" ގެ ސްޕިން އޮފް ސީރީޒްގެ ޓްރެއިލާ ދައްކާލައިފި އެވެ.

"ދަ ވޯކިން ޑެޑް" ގެ ސްޕިން-އޮފް: މެގީ އާއި ނީގަން އަނެއްކާވެސް ޒޮމްބީތަކާ ދެކޮޅަށް!
"ދަ ވޯކިން ޑެޑް" ގެ ސްޕިން-އޮފް: މެގީ އާއި ނީގަން އަނެއްކާވެސް ޒޮމްބީތަކާ ދެކޮޅަށް!

"ދަ ވޯކިން ޑެޑް" 11 އަހަރުގެ ދިގު ދަތުރަކަށް ފަހު ނިންމާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭގެ ފަހުން އިއުލާނުކޮށްފައިވާ ސްޕިން އޮފް ސީރީޒަށް ދީފައިވަނީ "ދަ ވޯކިން ޑެޑް: ޑެޑް ސިޓީ" ގެ ނަމެވެ.

އާ ސީރީޒްގައި ފެންނާނީ އޮރިޖިނަލް ޝޯގައި މަޝްހޫރު މެގީ (ލޯރެން ކޯހެން) އަދި ނީގަން (ޖެފްރީ ޑީން މޯގަން) ، އެމެރިކާގެ ނިއު ޔޯކް ސިޓީގެ މެންހަޓަންގައި އުޅުނު ޒޮމްބީތަކާ ދެކޮޅަށް ނުކުމެ އުޅޭތަނެވެ.

"ދަ ވޯކިން ޑްޑް: ޑެޑް ސިޓީ" ގެ ޓްރެއިލާގައި ފެންނަނީ ނިއު ޔޯކް ސިޓީ ވީރާނާވެފައިވާ ތަނެވެ. އުސް އިމާރާތްތަކުގެ ތެރެއިން ގަސްފަޅާފައި ހުންނަ ތަން ފެނެ އެވެ. އަދި މަގުތަކުގައި ގިނަވެގެން އުޅެނީ ޒޮމްބީތަކެވެ.

ފިލްމުގެ ލީޑު ދެ ކެރެކްޓާއިންގެ އަމާޒަކީ ކިޑްނެޕްކޮށްފައިވާ މެގީގެ ދަރިފުޅު ހޯދުމެވެ. އެ ދެ މީހުންނަށް ކުރިމަތިލާން ޖެހެނީ މުޅިން އާ ނުރައްކާތަކާއެވެ.

މި ސީރީޒް ވާނީ އޮރިޖިނަލް ޝޯގެ ފޭނުންނަށް ވަރަށް ވެސް ކަމުދާނެ ފަދަ ޝޯއަަަކަށެވެ. "ދަ ވޯކިން ޑެޑް: ޑެޑް ސިޓީ" ޕްރިމިއާ ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހު، އެމެރިކާގެ ޓީވީ ޗެނަލްއެއް ކަމަށްވާ "އޭއެމްސީ" އިންނެވެ.